މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނަން- ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް އެމަނިކުފާނުގެ މައްޗަށް ނަގާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ ކޯލިޝަންގެ މަސައްކަތް މަޖިލިސް ތެރެއިން ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ ރައީސްގެ މަޤާމަކީ މުހިއްމު މަޤާމެއްކަމަށެވެ. އެހެންކަމުން މަޤާމުން އިސްތިއުފާ ނުދެއްވައިފިނަމަ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ދެއްކެވި ވާހަކަފުޅުގައި އަދުލު އިންސާފް ޤާއިމުކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށާއި މަޖިލިސް ތެރެއިން ކުރަން ހުރި މަސައްކަތްތައް ކުރުމަށް މަސީޙު މަޤާމުން ދުރުކުރަންޖެހޭކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދާނެކަމުގެ އިޝާރާތެއް އިދިކޮޅު ފަރާތްތަކުން ދީފައިވާއިރު، މީގެ ކުރިންވެސް އެފަރާތްތަކުން ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީޙަށް ވައްދާފައެވެ. ނަމަވެސް މަޖިލީހުން ވަނީ އެމައްސަލަ ބޭރުކޮށްލާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު: ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ހުޅުދޫގައި ފާހަގަކުރުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ގައުމީ އެއްބައިވަންތަކަމުގެ ފާހަގަކުރުމުގެ ގޮތުން 26 ޑިސެމްބަރ 2022 ވަނަ ދުވަހު ...

ކުރިން ނެގި ބައެއް ސާމްޕަލްތަކުގެ ނަތީޖާއާއެކު އިތުރު 1،204 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ކުރިން ނެގި ސާމްޕަލްތަކެއްގެ ނަތީޖާތަކާއެކު، ރާއްޖެއިން އިތުރު 1،204 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.  ހެލްތު ޕްރޮޓެކްޝަން ...

މޫސުމަށް ސަމާލުވޭ، ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ

ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ...