ކުރިން ނެގި ބައެއް ސާމްޕަލްތަކުގެ ނަތީޖާއާއެކު އިތުރު 1،204 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ކުރިން ނެގި ސާމްޕަލްތަކެއްގެ ނަތީޖާތަކާއެކު، ރާއްޖެއިން އިތުރު 1،204 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ބަލި ޖެހުނު މީހުންގެ ތެރެއިން 961 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. 

ހޯމަދުވަހު ޕޮޒިޓިވި މީހުންގެ ތެރެއިން 235 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ޕޮޒިޓިވް ވީ އަށް މީހުންނެވެ. 

އިއްޔެ ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރޭގައި، މީގެ ދެ ހަފްތާ ކުރިން ނެގި ސާމްޕަލްތައް ހިމެނެއެވެ. އެ ސާމްޕަލްތައް ނުލައި، މިދިޔަ ސައުވީސް ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 728 ސާމްޕަލްއެެވެ. 

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 10،376 މީހުންނެވެ. ކޯވިޑް ޖެހިގެން މިއަދު މަރުވި ތިން މީހުންނާއެކު، މި ބަލި ޖެހިގެން މިހާތަނަށް 87 މީހަކު މަރުވެފައިވެއެވެ. 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވޮލީ ކުޅެން ހުއްޓާ ދިވެއްސަކު ނިޔާވެއްޖެ

އދ. އަތޮޅުގެ ޒޯނު މުބާރާތުގެ މެޗުގައި އދ. ދިއްދޫގެ ރައްޔިތުންގެ ގުޅުމާއި ދަނގެތި އަންވާރު ސްޕޯޓްސް ކްލަބް ބައްދަލުކުރި ...

ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ނޮވެމްބަރު މަހު ގަމަށް ފަށަނީ

އަންނަ ނޮވެމްބަރު މަހުން ފެށިގެން، ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ...

ޔުނައިޓެޑު ބަލިކުރުމަށްފަހު ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ލިވަޕޫލުން ހޯދައިފި

މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް، ޕްރިމިއާލީގުގެ ގަދަހަތަރަކަށް އެރުމުގެ ފުރުސަތު ލިވަޕޫލުން ތަނަވަސްކޮށްފިއެވެ. ރޭ ޔުނައިޓެޑްގެ ދަނޑުގައި ޔުނައިޓެޑާއި ބައްދަލުކުރިމެޗް ...