ޔޫއެފާ ނެޝަނަލް ލީގުގައި  އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުން  ބަލިވެއްޖެވެ.

އިންގްލެންޑް ބަލިވެފައިވަނީ ރޭ ސްޕެއިނާ ބައްދަލުކޮށް 2 ލަނޑު 1 ލަނޑުންނެވެ.

ވެމްބްލީ ސްޓޭޑިއަމުގައި ރޭ ކުޅެވުނު މިމެޗްގެ 11 ވަނަ މިނެޓުގައި އިންގްލެންޑް ލުކް ޝޯ ތަނަވަސްކޮށްދިން ފުރުސަތަކުން އިންގްލެންޑަށް ލީޑު ނަގައިދިނީ  ފޯވާޑް މާކަސް ރަޝްފޯޑްއެވެ.

އެކަމަކު އިންގްލެންޑަށް މެޗްގެ ލީޑު ހިފެހެއްޓުނީ ދެ މިނެޓަށެވެ. އެއީ ސްޕެއިންގެ ތިއާގޯ އަލްސަންޓްރާ ދިން ބޯޅައަކުން 13 ވަނަ މިނެޓުގައި  ސްޕޭންގެ ސައުލް ނިގުއޭޒް ސްޕެއިނަށް ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނުމުންނެވެ.

2 ލަނޑު 1 ލަނޑުން ސްޕޭން މިމެޗްގެ ލީޑުގައި އޮއްވާ އިންގްލެންޑުގެ ޑެނީ ވެލްބެކް  ގޯލެއް ޖެހި ނަމަވެސް ރެފްރީ އެއީ ގޯލެއްކަމަށް  ގަބޫލެއް ނުކުރި އެވެ. ވެލްބެކް  ޖެހި މިލަނޑު ސްޕެއިންގެ ގޯލަށް ވަދެފައިވަނީ ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ފުންމައިގެން އަރައި ހިފި ބޯޅަ އެއް އޭނާ ބިންމައްޗަށް ވެއްޓުނު ވަގުތު އަތުން ދޫވުމުން  އެ ބޯޅަ ވެލްބެކްއަށް ލިބުމުން ގޯލަށް ވައްދާލައިގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެލްސީން އިސްތިއުފާ ނުދޭނެ ކަމަށް ކޮންޓޭ ބުނެފި

ޗެލްސީގެ ކޯޗުކަމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ. ...

އާސެނަލުން ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ...

ޔޫރޯ ކޮލިފިކޭޝަންގައި ރަޝިޔާ އާއި ބައްދަލުކުރި މެޗުން ބެލްޖިއަމް މޮޅުވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗު ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ. ގްރޫޕް އައިގައި ހިމެނޭ ބެލްޖިއަމްއާއި ...