ރާއްޖޭގެ ރައްޔިތުންނަކީ ނާތަހުޒީބު ބައެއްގެ ގޮތުގައި ދުނިޔެއަށް ވިއްކީ ކުރީގެ ރައީސް ނަޝީދު – ސައީދު

ރާއްޖޭގެ ރައްޔިތުންނަކީ ނާތަހުޒީބު ބައެއްގެ ގޮތުގައި ދުނިޔެއަށް ވިއްކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ މިރާއްޖޭގެ ރައްޔިތުންނަކީ ނާތަހުޒީބު ބައެއްގެ ގޮތުގައި ދުނިޔެއަށް ވިއްކީ ކުރީގެ ރައީސް ނަޝީދުކަމަށެވެ.

އަދި އެމަނިކުފާނު މިގައުމު އެފަދަ ގޮތަކަށް ދުނިޔޭގެ މައިދާނުގައި ވިއްކާލެއްވީ މިގައުމަކީ މުސްލިމް ގައުމެއްކަމަށްވާތީ ކަމަށާއި އަދި މިގައުމު މުސްލިމް ގައުމުގެއްގެ ގޮތުގައި އޮތްހާ ހިނދަކު ރައީސް ނަޝީދުފަދަ ބޭފުޅުންގެ މެދުގައި މިގައުމުގެ ރައްޔިތުންނަކީ މަގުބޫލު ބަޔަކަށް ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިއަދު މިގައުމު މިދެކޭ ތަރައްގީގެ ހަޟާރަތުގައި މިގައުމުގައި ވެރިއަކަށް ހުންނެވި ރައީސް ޔާމީންއަކީ މިގައުމު އިންޑިއާ ކަނޑުގެ އެންމެ މުއްސަދި ގައުމަށް ހައްދަވައިދެއްވާނެ ބޭފުޅާކަމަށެވެ. އަދި ކޮންމެ ދިވެހި ރައްޔިތަކުވެސް ރައީސް ޔާމީނަށް ދެވަނަ ދައުރަކަށް ހޮވުމަށް ވޯޓްދޭންޖެހޭނީ މިސަބަބާއި ހުރެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގައުމުގައި އެއްޖިންސުން ގުޅުން ހިންގުމަށް ފުރުސަތު ދިނުމަށާއި އަދި މަރުގެ އަދަބު ތަންފީޒު ނުކުރުމުގެ އިތުރުން ދީނީ މިނިވަންކަން ދިނުމަށް ބޭއްވުމަށް ބަޔަކު މީހުން ކުރި މަސައްކަތައް އެމަނިފާނު ނޫނެކޭ ބުނެފައިވާކަމަށާއި، އެމަނިކުފާނަކީ ނޫނެކޭ ބުނަންޖެހިއްޖެ ނަމަ، ނޫނެކޭ ބުނަންކެރޭ ބޭފުޅެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްވެސް ގައުމުގައި ހަމަނުޖެހުން ހިންގާފައިވާކަމަށާއި، އަދި ވެރިކަމުން ފައިބައިވަޑައިގެންވެސް މިގައުމުގެ އެކިތަންތާނގައި ހުޅުޖަހާ އަންދާލާފައިވާކަން ފާހަގަ ކުރައްވާ، މިނިސްޓަރ ވިދާޅުވީ އެދުވަހު 11 އަހަރު އުމުރުން ނުވާކުދިން މިއަދު ވޯޓްލާން ނުކުންނަ އިރު އެހަގީގަތް އެކުދިންނަށް ރައްޔިތުން ކިޔާދޭން ޖެހޭނެކަމަށެވެ.

އަދި އެކަންތައްތައް ރަނގަޅަށް ވިސްނާ ފިކުރުކޮށް ރައްޔިތުން ރައީސްޔާމީނަށް ވޯޓްދެއްވާ ދެވަނަ ދައުރަކަށް ހޮވައިދެއްވުމަށް މިނިސްޓަރވަނީ އެދިވަޑައިގަންނަވާފައެވެ.

މަސްދަރު: ޚަބަރު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސ. ހުޅުމީދޫ މޮނިޓަރިން ހާލަތަށް ގެނެސްފި

ކޮވިޑާ ގުޅިގެން ސ. ހުޅުމީދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހުޅުމީދޫ ރަށް މޮނިޓަރިން ހާލަތަށް ގެނައީ ކޮވިޑް ކޭސްތައް ...

ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން ރިޔާސީ އިންތިޚާބުން ކާމިޔާބު ހޯއްދަވާނެ – ޑރ. ޝަހީމް

ދިވެހި ރައްޔިތުން ތިބި ގޮތް ޔަޤީންވެއްޖެކަމަށާ ބޮޑު އަޣުލަބިއްޔަތަކުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން 2018 ގެ ރިޔާސީ އިންތިޙާބު ...

ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށް ކޮށްދިނުން – ފުވާދު

ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށް ކޮށްދިނުން ކަމަށާއި، ޑިމޮކްރަޓިކް އުސޫލުތައް ރާއްޖޭގައި އެކަށައެޅުމަށް ކުރެވުނު މަސައްކަތުގައި މިހާތަނަށް އައިއިރު ...