އަލިފާން ރޯވެ ހިތަދޫ ފިހާރައެއް ބޭނުން ނުކުރެވޭވަރަށް އަނދައިފި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފިހާރައެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހާރަ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ރޭ ފަތިހުގެ ވަގުތެއްގައި ހިނގާދިޔަ މި ހާދިސާގައި އަނދާފައި ވަނީ ހިތަދޫގައި ހުންނަ “ކައްޓި ހިތްވަރު” ނަމަކަށް ކިޔާ ފިހާރައެއްގައެވެ.

އެމްއެންޑީއެފް އިން ހާމަކުރާގޮތުގައި ހިތަދޫގައި ހުންނަ “ކައްޓި ހިތްވަރު” ނަމަކަށް ކިޔާ ފިހާރައެއްގައި ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެފައިވެއެވެ.

އަދި މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ފަތިހު 04:47 ހާއިރުކަމަށާއި، މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ފިހާރައިގައި ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 05:25 ގައެވެ.

މިހާދިސާގައި އެ ފިހާރައިގެ 90 އިންސައްތަ ވަނީ އެއްކޮށް އަނދައިގެން ގޮސްފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ޤުރުއާން މުބާރާތުގެ އެއްވަނަ އަތޮޅުމަދަރުސާގެ ދަރިވަރު ޢާއިޝަތު ލީޝް ހަމީދު ހޯދައިފި

އައްޑޫސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ބޭއްވެވި ޤުރުއާން މުބާރާތުގެ އެއްވަނަ ސ.އަތޮޅު މަދުރަސާގެ ދަރިވަރު، ...

ޕޮޓޯއިން ޚަބަރު: މީދޫގެ ލައިޓް ޕޯލްތައް ހަލާކުވުން

މީދޫ ބޮޑުމަގުގެ އުތުރުކޮޅުގެ މަގުގެ ދެފަރާތުގައި ޖަހާފައިވާ ލައިޓްޕޯލްތަކުގެ ތެރެއިން ބައެއް ލައިޓްޕޯލްތަކާއި މީދޫ ބަނދަރުގެ ސަރަހައްދުގައި ޖަހާފައިވާ ...

ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ހޯދައިދޭނަން – ރައީސް ޔާމީން

ދިވެހި ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މި ސަރުކާރުން އަނބުރާ ހޯދައިދޭނެކަމަށާއި، އެއްވެސް ތަފާތުކުރުމެއްނެތި ޤާނޫނު ތަންފީޛް ކުރާނެކަމުގެ ...