މިހާރު ބަލި އޮތް މިންވަރު ދެނެގަތުމަށް ކޮމިއުނިޓީ ސާވިލެންސް ދަނީ ހަދަމުންދާ- ހެތު މިނިސްޓަރ އަމީނު

މާލެ ތެރެއަށް ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ބެލެވޭތީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ އަވަހަށް ބަލި ހުރި މީހުން ދެނެ ގަންނަން ޓެސްޓް ހަދައި މީހުން އެކަހެރިކުރަން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، މާލޭގައި ބަލި ފެތުރިފައިވާ ބައެއް ސަރަހައްދުތައް މިހާރުވެސް ފާހަގަވެފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށް މިހާރު ބަލި އޮތް މިންވަރު ދެނެގަތުމަށް ކޮމިއުނިޓީ ސާވިލެންސް ހަދަމުންދާ ކަމުގައިވެސް އަމީން ވިދާޅުވިއެެވެ. އެގޮތުން ހެދޭ ސާވިލެންސް ޓެސްޓުތައް އަތޮޅު ތެރޭގައިވެސް އަދި މާލޭގައިވެސް ހެދިގެން ދާނެ ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަން ނޫރައްދީން އިންވެސްޓްމަންޓާ ހަވާލްކޮށްފި

އައްޑޫ ސިޓީ މީދޫގައި އައު މިސްކިތެއް ޢިމާރާތްކުރުމަށް ނޫރައްދީން އިންވެސްޓްމަންޓާ ހަވާލުކޮށްފިއެވެ. އެއްފަހަރާ 700 މީހުނަށް ނަމާދު ކުރެވޭނެ ...

އައްޑޫ ސިޓީއާ 800 އެއްހާ ކިލޯމީޓަރު ދުރަށް ބިންހެލުމެއް!

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ 800 އެއްހާ ކިލޯމީޓަރު ދުރަށް ބިންހެލުމެއް އައިސްފިއެވެ. ރާއްޖޭގެ މޫސުމާ ބެހޭ ...

އައްޑޫއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ ...