އިސްލާމް ދީނާ ދެކޮޅު ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރުމަށް ގޮވާލުމުން، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދުއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ޑރ.ޝަހީދުއަށް ފާޑުކިޔުން އަމާޒުވީ، ރާއްޖޭގައި ސިޔާސީ ނިޒާމަކުން ވެރިކަންކުރެވޭނީ، އިސްލާމްދީނާ ދެކޮޅު ސެކިއުލަރ ވިސްނުމެއް ގެންގުޅެންކަމަށް ބުނެ މިދިޔަ އަންގާރަދުވަހު ކުރި ޓްވީޓަކާ ގުޅިގެނެވެ.

ޝަހީދު މިގޮތަށް ޓްވީޓްކުރީ އިންކަމްޓެކްސް ނުނެގިޔަސް، މުދަލު ޒަކާތް ދައްކަން މަޖުބޫރުކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެމްބަރަކު ގޮވާލުމުން، އެކަމަށް ރައްދުދެމުންނެވެ. އެމްޑީޕީގެ މެމްބަރަކަށް ރައްދުދެމުން ޝަހީދު ބުނެފައިވަނީ ސެކިއުލަރ ވިސްނުމެއްގައި ވެރިކަންކުރުމުން ދީނީގޮތުން އެއްވެސް ކަމަކަށް މަޖުބޫރު ނުކުރެވޭނޭކަމަށާއި ކޮންމެފަދަ ގޮތަކަށް ހެދުން އެޅިޔަސް ސަރުކާރަށް ކުރެވޭނެކަމެއްވެސް ނޯންނާނެކަމަށެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ޚާރިޖީ ވަޒީރުގެ މަޤާމަށް އަންނާނެކަމަށް ބެލެވޭ ޝަހީދުގެ މިވާހަކަތަކަށް ސޯޝަލް މީޑިއާގައި ރައްދުދިން މީހުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިގޮތުން އިސްލާމްދީނަކީ އިންސާނީ ކަރާމާތާއި އިންސާނީ ހައްޤުތަކަށް އިޚްތިރާމްކުރާ ދީނަކަށްވާއިރު، ހައްޤުތައް ހޯދަން އިސްލާމްދީނާ ދޫކޮށްލަންޖެހޭ ސަބަބެއް ނެތްކަމަށް ބައެއް މީހުން ބުނެފައިވެއެވެ. ޝަހީދުއަށް ފާޑުކިޔަމުން ބައެއް މީހުން ވަނީ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތްކުރާ ދީނީ ޢިލްމުވެރިން ޝަހީދުގެ ވާހަކަތަކާމެދު އަޅާނުލަނީ އެކަމަށް ތާޢީދުކުރާތީތޯ ބުނެ ސުވާލު އުފައްދާފައެވެ.

އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ދައްކައިގެން ޝަހީދުއަށް ފާޑުކިޔުން އަމާޒުވެފައިވާއިރު މީގެކުރިންވެސް އޭނާ ވަނީ އިސްލާމްދީނާ ދެކޮޅަށް ކިތަންމެ ވާހަކައެެއް ދައްކާފައެވެ. ނަމަވެސް އެކަމަށް ފާޑުކިޔުމުގެ ބަދަލުގައި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ފެންނަނީ ޝަހީދުއާއެކު މަސައްކަތްކުރާ ތަނެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑަށް ޓެސްޓްކުރެވޭ ލެބޯޓަރީއެއް ނޫނު މާފަރު އެއަރޕޯޓުގައި ޤާއިމް ކުރަނީ

ނޫނު މާފަރު އެއަރޕޯޓުގައި ކޮވިޑަށް ޓެސްޓް ހަދާ ހަދާ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ސޮނޭވާ ރިސޯޓުން ކުރިއަށްގެންދާކަމަށް މޯލްޑިވިއަންއިން ...

އައްޑޫ ރަސްރަނި ނެޓްބޯޅަ ޗެލެންޖް – އެމްޓީސީސީ ބަލިކޮށް ފެނަކަ ފައިނަލަށް

މިހާރު ހުޅުދޫގައި ކުޅެވެމުންދާ އައްޑޫ ރަސްރަނި ނެޓްބޯޅަ މުބާރާތުގައި ސެމީފައިނަލްގެ ފުރަތަމަމެޗް ކާމިޔާބުކޮށް ޓީމްފެނަކަ ފައިނަލަށް ދަތުރުކޮށްފިއެވެ.  ޓީމް ...

އައްޑޫއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ ...