އިންޑިއާއިން ރާއްޖެ ހިފުމަށް ގޮވާލައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ކޮޅުނބުގައި ބައްދަލު ކުރުމަށްފަހު ރާއްޖެ ބާރުގެ ބޭނުންކޮށްގެން ހިފުމަށް އިންޑިއާގެ ރާޖަ ސަބާގެ ނުފޫޒު ގަދަ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވެއްޖެ އެވެ.

ސުބްރަމާނިއަން ސުވާމީ އަކީ އިންޑިއާގެ ކުރީގެ ޔުނިއަން މިނިސްޓަރު އަދި ވެރިކަންކުރާ ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެމްބަރެކެވެ. ރާއްޖެ ޓީ.ވީ.ގެ އޮންލައިން ނޫހުގެ ޚަބަރަކާއެކު ރާއްޖެ އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިހާބު އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށެވެ. ސުބްރަމާނިއަމްވަނީ ކޮޅުބަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ބެހޭގޮތުން މަޝްވަރާތަކެއް ކުރައްވާފައިވާކަމަށް ނޫސްތަކުން ވަނީ މަޢުލޫމާތު ފަތުރާފައެވެ.

ފެބްރުއަރީ 1 ގައި ސްޕްރީމް ކޯޓުން ނެރުނު އަމުރު ބާޠިލްކޮށް ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނު ކުރުމުން މޯދީގެ ސަރުކާރުންވަނީ އެކަމާއި ވަރަށްބޮޑަށް ނުރުހުން ފާޅުކޮށް، ދިވެހި ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.އަދި މި މައްސަލައާއި ގުޅިގެން ދެ ޤައުމުގެ ޚާރިޖީ ގުޅުމަށްވަނީ ބުރޫއަރާފައެވެ.

މި ކަމާއި ގުޅިގެން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ފޭސްބުކްގައި ލިޔުއްވާފައި ވަނީ ” ދިވެހިންގެ ކަންކަން ނިންމަންވާނީ ދިވެހިން ކަމަށެވެ . “ދިވެހިރާއްޖޭގެ އެއްވެސް ކަމަކަށް ބޭރު ބަޔަކު ވަންނާކަށް ނުވަތަ ވައްދާކަށް ވެސް ނުޖެހޭނެ އެވެ. އެ ފުރުސަތެއް ދިވެހިން ނުދޭނެ އެވެ.

އަދި ލިޔުއްވާފައި ވަނީ ”  ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ދެމެހެއްޓުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށެވެ”

ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބު ކައިރިވެފައިވާ މިދަޑިވަޅުގައި ސަރުކާރާއި ދެކޮޅު ފަރާތްތަކުން ދަނީ ރާއްޖެއަށް އެކިއެކި ބޭރުގެ ނުފޫޒުތައް ބޭނުންކޮށްގެން ޖެއްސުން ކުރުމަށާއި ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންކަން ފާހަގަކުރެވެއެވެ. މީގެތެރެއިން ރައީސް ނަޝީދު ފެބުރުއަރީ 18 ވަނަ ދުވަހު އިންޑިއާގެ އެން.ޑީ.ޓީ.ވީ.އަށް ދީފައިވާ އިންޓަރވިއު ފާހަގަކުރެވެއެވެ.އަދި އެމް.ޑީ.ޕީ.ގެ ސިޔާސަތުތަކަށް ތާޢީދު ކުރާ ނޫސް މީޑިއާ،ސޯޝަލް މީޑިއާއިން ވަނީ ރާއްޖެ ހިފުމަށް ކުރާ ތާޢީދަށް އެކިފަހަރުމަތިން ލިޔުންތައް ލިޔެ ޝާޢިއުކޮށްފައެވެ.

މިވޭތުވެ ދިޔަ ދެތިން ހަތަރު އަހަރެއްތެރޭގައި އިންޑިއާއިންވަނީ

ރާއްޖޭގެ މީހުންނަށް ވިސާ ދިނުން ތަކުރާރުކޮށް ހުއްޓާފައެވެ. އަދި އިންޑިއާއިން ރާއްޖޭގެ ބާޒާރު ކޮންޓްރޯލް ކުރާ ފިޔާ،އަލުވި،ބިސް އަދި ހިލައާއި ހިލަވެލީގެ ކޯޓާތައްވެސްވަނީ  މަދުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮންޓްރެކްޓް މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސުމުގެ އިޚްތިޔާރު ސީދާ އިދާރާތަކަށް

ސަރުކާރުގެ އިދާރާތަކުން ކޮންޓްރެކްޓު އުސޫލުން ނަގާ މުވައްޒަފުންގެ ވަޒީފާ ހަމަޖެއްސުމާއި ކޮންޓްރެކްޓް އައު ކުރުން އެ އިދާރާތަކުން ކުރާގޮތަށް ...

ބޮމުގެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތައް ދައްކުބައިދޭ ފޮޓޯތައް އާއްމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތައް ދައްކުވައިދޭ ފޮޓޯތައް ...

ހިތަދޫ ނޫރާނީ ސްކޫލުގެ ގާލްގައިޑް އަދި ލިޓްލް މެއިޑް ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން، އައްޑޫ ސިޓީ ހިތަދޫ ނޫރާނީ ސްކޫލުގެ ގާލްގައިޑް އަދި ...