ސިޓީ ކައުންސިލްތަކުގެ ބާރު ސަރުކާރުން ނަގަން ޖެހުނީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކުގައި ދަތިތަކެއް ހުރުމުން – ރައީސް

ސިޓީ ކައުންސިލްތަކުގެ ބާރު ސަރުކާރުން ނަގަން ޖެހުނީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކުގައި ދަތިތަކެއް ހުރުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހދ.ނޮޅިވަރަންފަރުގެ ބަނދަރުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާޠަބުކުރައްޥާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިޓީ ކައުންސިލް ތަކުން ބާރު ނަގާ، ސަރުކާރުން މުނިސިޕަލް ޚިދުމަތް ދޭން ފެށީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ ފަސޭހަކޮށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

އެގޮތުން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، މާލޭ ސިޓީ ކައުންސިލުން، ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނާ މެދު ކަންތައް ކުރަމުން ދިޔަގޮތެވެ.

ފްލެޓްތަކުން ނަގަން ޖެހޭ ކުލި ނުނަގާ ގިނަ ދުވަސްތަކެއް ކުރުމަށްފަހު އިންތިޚާބާ ދިމާކޮށް ރައްޔިތުން ސަރުކާރު މަތިން ފޫހިކުރުމުގެ މަޤުސަދުގައި އެ ކުލި އެއްފަހަރާ ދައްކަން އެންގުމާ އަދި އެރައްޔިތުންނަށް ފްލެޓްތަކުގެ މަރާމާތުގައި ބޭނުންވާކަންކަމަށް މަގު ފަހިކޮށްދީފައިނުވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ބައެއް ރަށު ކައުންސިލްތަކުންވެސް ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް ހުރަސް އެޅިކަމަށާ އެފަދަ ރަށްރަށުގައި ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ޖެހުނީ ޤާނޫނީ ފިޔަވަޅުތަކެއް އެ ކައުންސިލްތަކާ ދެކޮޅަށް އަޅައިގެން ކަމަށާ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ އާ ތަމައްދުން ގެނެސްދިނުމަށް ކުރައްވަން ޖެހިވަޑައިގަތް ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމުގެ ޔަގީން ރައްޔިތުންނަށް ރައީސްވަނީ އަރުއްވާފައެވެ.

އަދި ރަށްރަށުގައި ޒުވާނުން އެންމެ ބޭނުންވެގެން އެދިފައިވާ ފުޓްސަލް ދަނޑުތައް ހެދުމަށްވެސް ބައެއް ރަށްރަށުގައި އެންމެ ބޮޑަށް ދަތިވެގެން ދިޔައީ އެރަށްތަކުގެ ރަށު ކައުންސިލްތަކުގެ ސަބަބުންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ގެނެސް ދޭން ޖެހޭ ތަރައްޤީގައި ސިޔާސީ ފިކުރުން އެއްކިބާވެ ތިބެ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމަށް ރައީސްވަނީ ގޮވާލައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19- ހިތަދޫން އިތުރު 4 މީހަކު ޕޮޒިޓިވްވެ ހިތަދޫގެ އެކްޓިވްކޭސްގެ އަދަދު 121 އަރައިފި

ކޮވިޑް-19 އަށް އައްޑޫސިޓީން މިއަދު ޕޮޒިޓިވްވީ 5 މީހުން ކަމުގައި އޭއީއެޗް އިން ހާމަކުރައްވައިފިއެވެ. އޭއީއެޗްގެ ތަފާސް ހިސާބަށް ...

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތް: ޖަރުމަން ޗެމްޕިއަންކަން ހޯދައިފި

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖަރުމަނުޓީމް ހޯދައިފިއެވެ. ޖަރުމަނުޓީމުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ...

އެންޓި ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ޕާޓީ ބަދަލުކޮށް ނުވަތަ ޕާޓީއިން ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ރައްޔިތުމްގެ މަޖިލީހަށް ހުސަހެޅި އެންޓި ޑިފެކްޝަން ...