ސިޓީ ކައުންސިލްތަކުގެ ބާރު ސަރުކާރުން ނަގަން ޖެހުނީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކުގައި ދަތިތަކެއް ހުރުމުން – ރައީސް

ސިޓީ ކައުންސިލްތަކުގެ ބާރު ސަރުކާރުން ނަގަން ޖެހުނީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކުގައި ދަތިތަކެއް ހުރުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހދ.ނޮޅިވަރަންފަރުގެ ބަނދަރުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާޠަބުކުރައްޥާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިޓީ ކައުންސިލް ތަކުން ބާރު ނަގާ، ސަރުކާރުން މުނިސިޕަލް ޚިދުމަތް ދޭން ފެށީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ ފަސޭހަކޮށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

އެގޮތުން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، މާލޭ ސިޓީ ކައުންސިލުން، ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނާ މެދު ކަންތައް ކުރަމުން ދިޔަގޮތެވެ.

ފްލެޓްތަކުން ނަގަން ޖެހޭ ކުލި ނުނަގާ ގިނަ ދުވަސްތަކެއް ކުރުމަށްފަހު އިންތިޚާބާ ދިމާކޮށް ރައްޔިތުން ސަރުކާރު މަތިން ފޫހިކުރުމުގެ މަޤުސަދުގައި އެ ކުލި އެއްފަހަރާ ދައްކަން އެންގުމާ އަދި އެރައްޔިތުންނަށް ފްލެޓްތަކުގެ މަރާމާތުގައި ބޭނުންވާކަންކަމަށް މަގު ފަހިކޮށްދީފައިނުވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ބައެއް ރަށު ކައުންސިލްތަކުންވެސް ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް ހުރަސް އެޅިކަމަށާ އެފަދަ ރަށްރަށުގައި ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ޖެހުނީ ޤާނޫނީ ފިޔަވަޅުތަކެއް އެ ކައުންސިލްތަކާ ދެކޮޅަށް އަޅައިގެން ކަމަށާ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ އާ ތަމައްދުން ގެނެސްދިނުމަށް ކުރައްވަން ޖެހިވަޑައިގަތް ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމުގެ ޔަގީން ރައްޔިތުންނަށް ރައީސްވަނީ އަރުއްވާފައެވެ.

އަދި ރަށްރަށުގައި ޒުވާނުން އެންމެ ބޭނުންވެގެން އެދިފައިވާ ފުޓްސަލް ދަނޑުތައް ހެދުމަށްވެސް ބައެއް ރަށްރަށުގައި އެންމެ ބޮޑަށް ދަތިވެގެން ދިޔައީ އެރަށްތަކުގެ ރަށު ކައުންސިލްތަކުގެ ސަބަބުންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ގެނެސް ދޭން ޖެހޭ ތަރައްޤީގައި ސިޔާސީ ފިކުރުން އެއްކިބާވެ ތިބެ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމަށް ރައީސްވަނީ ގޮވާލައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު – ހުޅުދޫ – 7-9-2023  ރައީސް ސޯލިހު ހުޅުދުއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުން

ހުޅުދޫ – 7-9-2023 – ރައީސް ސޯލިހު ހުޅުދުއަށް ވަޑައިގަތުމުން ހުޅުދޫއާއި މީދޫގެ ގިނައަދަދެއްގެ ރަށްޔިތުން ރައީސްއަށް ހޫނު ...

65 އަހަރުވިއަސް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ޤާނޫނު އަސާސީ އިޞްލާޙުކޮށްފި

އުމުރުން 65 އަހަރުވެފައިވާ މީހުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ ގޮތަށް ޤާނޫނު އަސާސީ އިޞްލާޙު ކޮށްފިއެވެ. ކެލާ ދާއިރާގައި ...

ރީ-ރަޖިސްޓާކުރަން 47،000 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައި- އިލެކްޝަން ކޮމިޝަން

ސެޕްޓެމްބަރު 30، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ-ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި 47،000 ...