ޔުއޭފާ އިން 2011 ވަނަ އަހަރުން ފެށިގެން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓް ވި ކުޅުންތެރީގެ ތެރޭގައި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗް އަދި ލިވަޕޫލުގެ މުހައްމަދު ސަލާހު ހިމެނިއްޖެވެ.

ޔޫއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް މިފަހަރު ނޮމިނޭޓްވި  ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯއަށްވަނީ  ތިންފަހަރު މިއެވޯޑް ލިބިފައެވެ.

މިއެވޯޑަށް ނޮމިނެޓު ވެފައިވާ މޮޑްރިޗް އަކީ މިދިޔަ ސީޒަނުގައި ރެއާލްމެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ހޯދައިފައިވާ ކުޅުންތެރިއެކެވެ . އަދި މީގެ އިތުރަށް  ކްރޮއޭޝިއާގެ ގައުމީ ޓީމު ވޯލްޑް ކަޕުގެ ފައިނަލަށ ގެންގޮސް ދިނުމުގައި  މޮޑްރިޗްވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ވޯލްކަޕްގައި ދެވުނު ފީފާ ގޯލްޑަން ބޯލް އެވޯޑް ލިބިފައިވަނީވެސް މޮޑްރިޗަށެވެ.

މިއެވޯޑަށް ނޮމިނެޓު ވެފައިވާ  ލިވަޕޫލްގެ  ސަލާހު ވަނީ މިދިޔަ ސީޒަނުގައި އިގްލިޝް ޕްރިމިއާލީގާއި ޗެމްޕިއަންސް ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ލިވަޕޫލަށް 44 ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި ސަލާހުގެ މޮޅު ކުޅުމާއެކު ލިވަޕޫލްވަނީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފައެވެ.

ޔޫއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް  ކުޅުންތެރިން ޝޯޓްލިސްޓްކުރީ 80 ކޯޗުންނާއި 55 ނޫސްވެރިންގެ ޕެނަލަކުންނެވެ.

ޔޫއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެވޭ  މި އެވޯޑު ދޭނީ 30 އޮގަސްޓް 2018ގައި މޮނާކޯގައި ބާއްވާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ގުރުނެގުމުގެ ރަސްމިއްޔާތުގަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެވަޓަންއިން ތަފާތުބޮޑުކޮށް މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއަތުން މެންޗެސްޓަރ ޔުނައިޓެޑުން ތަފާތު ބޮޑުކޮށް ބަލިވެއްޖެވެ. އެވަޓަންގެ ދަނޑުގައި ރޭ ކުޅެވުނު ...

މާލެ އައިސް ދަފްތަރުގައި ޖެހުނު މީހުންނަށް ގޯތި ދިނުމުގެ ވިސްނުމެއް ނެތް: އަސްލަމް

މާލެ އައިސް ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް ގޯތި ދިނުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ...

ރައީސް ނަޝީދާ ދިވެހި ރައްޔިތުންނާ ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެއް: ބޮންޑޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ދިވެހި ރައްޔިތުންނާ ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެއް ކަމަށް މަޖިލީހުގެ ...