އެމްއެންޑީއެފްގެ ޤައުމީ ޚިދުމަތް މިފަހަރު ތަފާތު ގޮތަކަށް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ނުވަތަ އެމްއެންޑީއެފް އަކީ ރާއްޖޭގެ ސަލާމަތީ ކަންކަމުގައި އެންމެ ކުރީ ސަފަށް ނިކުމެ މޭ ޤައުމަށްޓަކައި އައްޑަނަ އަކަށް ނެރެ ޤައުމީ ޚިދުމަތުގައި އބަަބދުވެސް ފުރހަމަ ތައްޔާރީ އާ އެކު ތިއްބަވާ ޤައުމު ފަޚުރުވާ ޤައުމީ ބަޠަލުންނެވެ.

އާއިލާ އާ ލޯބިވާ އެތައް ވަޔަކު ދޫކޮށް ޤައުމީ ޚިދުމަތުގައި މި ބޭފުޅުން ހަރަކާތްތެރިވާއިރު މި ބޭފުޅުންގެ އެންމެ އިސް ވާޖިބަކީ ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމެވެ.

އެގޮތުން ދިވެހި ރައްޔިތުންނަށް ދިމާވާ ކުދި ބޮޑު ދަތިތަކާ ކާރިސާ ތަކުގައި އެމްއެންޑީއެފް އަކީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ތިބޭ ބޭފުޅުންނެވެ.

އެގޮތުން މިފަހަރު އެމްއެންޑީއެފްގެ ޤައުމީ ޚިދުމަތް ފެނިގެން ތަފާތު ކަމަކަށެވެ.

އެގޮތުން އެމްއެންޑީއެފުން ބަރުދަނުގައި 150 ކިލޯ ހުރި މީހަކު ގެއަކަށް އެރުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން ވަނީ ހަރަކާތްތެރިވެފައެވެ.

ބުރުޒު މަގުގައި ހުންނަ މ. ނާދިޔާ ގޭގެ ހަތަރުވަނަ ފްލޯއަށް ބަލި މީހަކު އެރުވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ސިފައިންގެ ޚިދުމަތްވަނީ ދީފައެވެ.

މައިބަދައިގެ އޮޕަރޭޝަނެއްކޮށްގެން އައިޖީއެމްއެޗް އިން މިއަދު ޑިސްޗާޖު ކުރި މި މީހާ އޭނާގެ ގެއަށް އަރުވައިދިނުމަށް އެމްއެންޑީއެފްއިން ހަރަކާތްތެރިވީ އާއިލާއިން އެ މުއައްސަސާގެ އެހީތެރިކަމަށް އެދުމުންނެވެ.

އުމުރުން 32 އަހަރު މި މީހާ އެ ގޭގެ ހަތަރު ވަނަ ފްލޯއަށް ނޭރުވުނީ އެ މީހާގެ ބަރު ކަމުންނާއި މިފަހުން އޮޕަރޭޝަނެއް ކޮށްފައި ހުރުމުގެ ސަބަބުން އެވެ.

އެމްއެންޑީއެފްގެ އެހީގައި މިމީހާ މިހާރު ގޭގެ ހަތަރު ފަންގިފިޅާއަށް އަރުވާފައިވާއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ އެމްއެންޑީއެފް އިން މީގެ ކުރިންވެސް ޢާންމުންނަށް ދިމާވާ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިތިބީ ރިސްކު ނަގައިގެން، އެންމެ ބޮޑީ ޤައުމު”- ކެޕްޓަން މުސްތަފާ

ކޮވިޑް 19 އާއެކު މުޅި ޤައުމު މިއަދު މިއޮތީ ބިރުވެރިކަމާ ނާމާންކަމުގެ ސާލަކުން ފަރުދާ ކުރެވިފައެވެ. މި ބިރުވެރިކަމުން ...

ކޯވިޑުގެ ދެވަނަ ރާޅެއްގެ ބިރު: ބަލިފެތުރުން ހުއްޓުވުމަށް ފަރުދީ ޒިންމާ ވަރަށް މުހިއްމު

މުޅި ދުނިޔޭގައި ހުއްޓުމެއްނެތި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާ ރާއްޖެއަށްވެސް މިވަނީ އަނެއްކާވެސް ބޮޑުވެފައެެވެ. މިހާތަނަށްއައިއިރުވެސް އެއްވެސް ފަރުވާއެއް ...

އަދުގެ ޒުވާން ޖީލު ކުށުގެ ވެއްޓަށް ހުށަހެޅޭ ސަބަބުތަކާމެދު ވިސްނާލަމާތޯ

މީގެ އަހަރުތަކެއް ކުރީން ، އަޅުގަނޑުމެންގެ ވެށިން ފެނިގެން ގޮސްފައިވަނީ އަމާންކަމާއި، ދޭދޭ ފަރުދުންނަށް އިޙްތިރާމްކުރާ އެއްބައިވަންތަ ކުށް ...