“ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ވަޠަނީ ފައުޖު”

ވެރިކަންކުރާ ޕާޓީ ޕީޕީއެމަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަޠަނީ ފައުޖުކަމަށް ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޕީޕީއެމަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ވަޠަނީ ފައުޖު ކަމަށާއި، މި ފައުޖު ރާއްޖޭގެ އެއްމެ އުތުރުން ފެށިގެން ދެކުނާ ހަމަޔަށް ފެތުރިފައިވާ ކަމަށެވެ.

ތިނަދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވަނީ ޕީޕީއެމްއިން ވަކިވެ އިދިކޮޅު ފަރާތްތަކާ ގުޅިފައިވާ ތިނަދޫ އުތުރު އަދި ދެކުނު ދާއިރާގެ ކުރީގެ މެމްބަރުން ޕީޕީއެމާ ގުޅުމަށް ދައުވަތުދީފިއެވެ. އެގޮތުން ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ އަޙްމަދާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙިލްމީއަކީ ޕީޕީއެމާއި ޚުދު އެމަނކުފާނުގެ ގާތް އެކުވެރިންކަމަށާއި، މި ދެބޭފުޅުންވެސް ޕީޕީއެމްގެ ވަޠަނީ ފައުޖާ ގުޅުމަށް ދައުވަތު ދެއްވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ތިނަދޫގައި ހޭދަ ކުރެއްވި މަދު ދުވަސްކޮޅުތެރޭގައި ބައްދަލުކުރެއްވި ތިނަދޫގައި ތިބި އިދިކޮޅު ފިކުރުގެ ގިނަ ބަޔަކު މިހާރު ބަދަލުވެފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖަމްބޭގެ ޕޯލް- ވޯޓް ދެއްވި ގިނަ ބަޔަކު ވައްސޭ އަމިއްލަ ގޮތުން ވާދަކުރުމަށް ވޯޓް ދެއްވައިފި

މީދޫ ދާއިރާއިން ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް އިއްޔެ ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީން 2 ވަނައަށް ...

އައްޑުއަތޮޅު ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މ. އަތޮޅުން ފެށިގެން އައްޑުއަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ މޫސުމާއި ބެހޭ ...

މާލޭ ސަރަހައްދު ސްކޫލްތައް އަނެއްކާވެސް ބަންދުކޮށްފި

މާލޭ ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ނަށް ކުރިއަށް އޮތް ދެ ހަފްތާއަށް ސްކޫލްތައް ބަންދުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ...