އަވައްޓެރި ސްރީ ލަންކާއަށް ޖެހުން ހާލު ނުޖެހި ދިޔައީ އޭރު ސަރުކާރުން އެޅި ހަރުދަަނާ ފިޔަވަޅުތަކުން- ރައީސް ސާލިހު

ކޯވިޑްގެ އާލަމީ ވަބާގައި ދިވެހިރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން މަޖުބޫރުވި ކަމަށާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ދަތުރުފަތުރު ކުރުން އެކީ ހުއްޓުމަކަށް އައިނަމަވެސް، އަވައްޓެރި ސްރީ ލަންކާއަށް ޖެހުން ހާލު ނުޖެހި ދިޔައީ އޭރު ސަރުކާރުން އެޅި ހަރުދަަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ތޮއްޑުއަށް ވަޑައިގެން، އެރަށުގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެދުވަހު ރައްޔިތުންގެ މުސާރަތައް ކުޑަކޮށް، ބަޖެޓް ހިފަހައްޓާ، މައްސަކަތްތައް ހުއްޓާލައިގެން ތިބިނަމަ މިއަދު ރާއްޖޭގެ ހާލަތު އޮންނާނީ އަވައްޓެރި ސްރީލަންކާގެ ހާލަތު އޮތް ގޮތަށް ކަމުގައެވެ.

ރާއްޖެއަކީ ބޭރުން ހުރިހާ އެއްޗެއް ގެންނަންޖެހޭ ގައުމެއް. އަަޅުގަޑުމެންނަށް މަޖުބޫރުވި ބޯޑަރުތައް ބަންދުކުރަން. އެހެންނަމަވެސް ސަރުކާރުން ކުރަންފެށި މަސައްކަތައް މަޑުޖައްސާ ނުލާ ކުރިޔަށް ގެންދިޔައީ އޭގެ ފަހަތުގައި ފައިދާތަކެއް ހުރީމަ. އެދުވަހު މަސައްކަތްތައް ހުއްޓާލާފަ، މީހުންގެ މުސާރަތައް ކުޑަކޮށްފަ، ސަރުކާރުގެ ބަޖެޓް ހިފެހެއްޓިނަމަ މިއަދަކު އަޅުގަޑުމެން ތިބޭނީ މިތާކު ނޫން. އަޅުގަޑުމެންގެ އަވައްޓެރި ގައުމަށް ވެފައި އެއޮތްގޮތަށް ތަކެތީގެ އަގުމައްޗަށް ބޮޑުވެ، ބޭރުފައިސާގެ އަގު މައްޗަށް ގޮސް، މުޅި އިގުތިސާދު އޮންނާނީ މުޅިން އެހެން މަރުހަލާއެއްގަ.

ރައީސް ސާލިހު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މިއަދު ރައްޔިތުންނަށް ކުރަމުން މިދަނީ އޭރު ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ކަމުގައެވެ. އަދި އޭގެ ފައިދާ ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ކުރަމުންދާ ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭގައި، މިއަދު ކ. އަތޮޅުގެ ކާށިދޫއާއި ގުރައިދުއަށް ވަޑައިގަތުމަށްދަހު ރައީސް ސާލިހު ވަނީ އއ. އަތޮޅުތަކުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.

ރައީސް ސާލިހު މިއަދު އއ. ތޮއްޑޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ރައީސަށް ހޫނު ބަރުހަބާއެއް ދަންނަވާފައެވެ. އއ. ތޮއްޑޫގައި ރައީސް ސާލިހުވަނީ އެރަށުގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަވާފައެވެ.

ރައީސް ސާލިހު މިއަދު ކ. އަތޮޅާއި އއ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރު ކުރައްވަމުން ގެންދަވާއިރު، ރައީސް ސާލިހާއި ޕްރައިމަރީގައި ވާދަ ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވަނީ މިއަދުވަނީ އައްޑުއަށް ވަޑައިގެންފައެވެ. އަދި އައްޑޫއަކީ ނަޝީދުގެ ކެމްޕޭންގެ އެންމެ ފަހު މަންޒިލް ކަމުގައިވަނީ މައުލޫމާތު ލިބިގައެވެ.

މިގޮތުން ޕްރައިމަރީއަށް ފޯމު ހުށަހެޅެއްވުމަށްފަހު ފެއްޓެވި ކެމްޕޭން ދަތުރުތަކުގައި ނަޝީދު ރާއްޖޭގެ 70އަށްވުރެ ގިނަ ރަށަށް ވަޑައިގެންފައިވާއިރު، ކެމްޕޭން ޓީމުން މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކެމްޕޭންގައި ނަޝީދު މިހާރުވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގެންފައެވެ.

އޭގެ އިތުރަށް “ފިކުރެއްގެ ދިރުން” ކެމްޕޭންގެ 3 ޓީމަކުން ރާއްޖޭގެ 3 ސަރަހައްދެއްގައި ކެމްޕޭން ކުރަމުންދާއިރު، މިހާތަނަށް ނަޝީދުގެ ކެމްޕޭނުން ރާއްޖޭގެ ހުރިހާ ރަށެއް ކަވަރުކޮށް ނިންމާފައިވާ ކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ.

ރައީސް ސާލިހުގެ “އެމްޑީޕީ ކުރިއަށް” ކެމްޕޭނުން ހާމަ ކޮށްފައިވާ ގޮތުގައި އެމަނިކްފާނުގެ ޕްރައިމަރީ ކެމްޕޭން ނިންމުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގައި މިމަހުގެ 26 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ބޭއްވުމަށް ހަަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މަސްދަރު: ޚަބަރު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވިހި ރަށެއްގައި ނަރުދަމާ އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ވިހި ރަށެއްގައި ނަރުދަމާ އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ވިހި ރަށެއްގެ ނަރުދަމާގެ މަސައްކަތް ބަޔާކާ ހަވާލު ކުރެއްވުމަށް ...

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 10 ރަށަކަށް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ފަހު ފިޔަވައްސަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ...

އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވާނަން، ކެޕްޕެއިން މެނޭޖަރަކީ މެމްބަރު އަސްލަމް – ނަޝީދު

ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ކުރިމަތިލުމަށް އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވާނެކަމަށާއި، ކެމްޕެއިން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ...