ތުރުކީގެ ގަލަސަތަރާއީގެ ކޯޗް ފާތިފް ތެރިންމާއާއި ނާއިބްރައީސް އަބްދުއްރަހީމް އަލްބާރަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެވެ.

ހޯމަދުވަހުގެ ވަގުތެއްގައި ގަލަސަތަރާއީގެ ކޯޗް ފާތިހު ތެރިމްވަނީ އޭނާ ކޮވިޑް19 އަށް ޕޮޒިޓިވް ވިކަން ޓުވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ. މީގެ ކުރީން ތުރުކީގެ ގައުމީޓީމަށްވެސް ކޯޗްކަން ކޮއްދެއްވި އުމުރުން 66 އަހަރުގެ ފާތިހް ތެރިމްބުނީ ކޮވިޑް19 އަށް ޕޮޒިޓިވްވިނަމަވެސް އޭނަގެ ހާލު ރަގަޅުކަމަށެވެ.

ކޮވިޑް19 އަށް ގަލަސަތަރާއީގެ ކޯޗް ޕޮޒިޓިވްވިއިރު  އެޓީމްގެ ނާއިބް ރައީސް އަބްދުއްރަހީމް އަލްބާރަކުގެ ދެކަބަލުންވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އުމުރުން 65 އަހަރުގެ އަލްބާރަކުވަނީ ގަލަސަތަރާއީގެ ގިނަ މަގާމްތަކެއް ފުރުއްވާފައެވެ. 2014 ވަނަ އަހަރު ގަލަސަތަރާއީގެ ނާއިބް ރައީސްގެ މަގާމާއި އެންމެފުރަތަމަ ހަވާލްވުމަށްފަހު 2015 ވަނަ އަހަރު އޭނާ ވަނީ އެމަގާމުން ވަކިވެފައެވެ. އަދި އަލުން ނާއިބް ރައީސްކަމާ ހަވާލްވީ 2018 ވަނަ އަހަރުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޮނާލްޑޯގެ ދެގޯލާއެކު ރެއާލްއަށް ފަސޭހަ މޮޅެއް

މިރޭ ސްޕެނިޝް ލީގުގައި އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗު 4 ލަނޑު 0 ލަނޑުން ރެއާލް މެޑްރިޑުން ...

މީދޫ ހިމެނޭހެން ފަސްރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢޫގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް، އެންޑް ޓެކްނޮލޮޖީއާ، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ ގުޅިގެން ފަސް ރަށެއްގެ ...

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އެހެންތަނަކަށް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅެން – ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އެހެންތަނަކަށް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގެޅޭމަކަށް ފިޝަރިޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ. ޒަހާ ވަހީދު ...