އެމެރިކާގެ އިލެކްޓްރޯނިކް އުފެއްދުންތައް ތުރުކީން ބޯއިކެޓުކުރަނީ

އެމެރިކާގައި އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓް ކުރަން ތުރުކީން ނިންމައިފިއެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވި އެމެރިކާއިން އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓްކޮށް  އޭގެ ބަދަލުގައި އެގައުމުން ބޭނުންކުރަނީ ތުރުކީގެ ކުންފުނިތަކުން އުފައްދާ ސްމާޓްފޯނާއި ސެމްސަން ކުންފުނީގެ ތަކެތިކަމަށެވެ.

ތުރުކީއާ އެމެރިކާއާ ދެމެދު މައްސަލަ ގޯސްވެފައި ވަނީ ތުރުކީން އެމެރިކާގެ ފާދިރީއަކު ހައްޔަރު ކުރުމުންނެވެ. އެމައްސަލައިގައި އެމެރިކާއިން ވަނީ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.  އަދި ތުރުކީން އެމެރިކާއަށް އެތެރެކުރާ ދަގަނޑުގެ ބާވަތްތަކުންނަގާ ޓެރިފްގެ މިންވަރުވަނީ އިތުރުކޮށް އެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ތުރުކީގެ ލީރާގެ އަގު ރެކޯޑު މިންވަރަކަށް ވެއްޓިފައިވާއިރު މިއަހަރު ތެރޭ ލީރާގެ އަގު ވަނީ 45 ޕަސެންޓަށް ވެއްޓިފައި އެވެ.

ރައީސް އުރުދުޣާން ވިދަޅުވާ ގޮތުގައި ލީރާގެ އަގު ވެއްޓެނީ ބޭރުގެ ގައުމުތަކުން ތުރުކީއާ ދެކޮޅަށް ހިންގާ ކެމްޕޭނެއްގެ ސަބަބުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫން: ނަޝީދު

ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ނަގާ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫން ...

މީދޫ މަޖުދުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސް އިން ފަށައިފި

މީދޫ މަޖުދުއްދީންމަގުގައި ތާރުއެޅުމުގެ މަސައްކަތް އެފްކޮންސް އިން ފަށައިފިއެވެ. މިއަދު މެންދުރު ފަހު މަޖުދުއްދީން މަގުގައި ތާރުއަޅަން ފަށާފައިވާއިރު ...

ހައްޔަރުކުރި މީހުން އުޅުނީ އައިއެސް އާއި ގުޅިގެން ގިނަބަޔަކު މަރާލަން: ފުލުހުން

އައިއެސް ޖަމާއަތާއި ގުޅިގެން ޓެރަރިސްޓު ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލަން މަސައްކަތްކުރި 14 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ...