ގއ. ހަގެވިއްލާ ކައިރިން ބޯޓެއް ފަރަށް އަރައިފި

ގއ.ހަގެވިއްލާ ކިޔާ ފަޅުރަށެއް ކައިރީ އޮންނަ ފަރަކަށް ބޯޓެއް އަރައިގެން އެމް.އެން.ޑީ.އެފްގެ ސަދަރން އޭރިއާ ކޯސްޓް ގާޑް ސްކޮޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމް.އެން.ޑީ.އެފުން ބުނީ މިހާދިސާގެ ޚަބަރު އެމް.އެން.ޑީ.އެފަށް ލިބުނީ ޖުލައި 25 ވަނަދުވަހުގެރޭ 11:30 ހާއިރުކަމަށެވެ. އެސަރަހައްދުގައި ކޯސްޓް ގާޑް ހަރަކާތްތެރިވަމުންދާއިރު ދުރުން ބަލާއިރު ބޯޓުން އެއްވެސް މީހެއްގެ ހިލަމެއް ނުވާކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތު ދެއެވެ. ބޯޓު ތެރޭގައި ބަޔަކު ތިބިތޯ ޔަޤީންކުރުމަށް ބޯޓަށް އެރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ފަރަށް އަރާފައިވާ ބޯޓަކީ ބޭރު ޤައުމެއްގެ ބޯޓެއްތޯ ނޫނީ ދިވެހި ކުންފުންޏެއްގެ ބޯޓެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.

ރާއްޖޭގެ  އެކި ސަރަހައްދުތަކުގައި ބޭރު ބޯޓުތައް ފަރަށް އަރައިގެން ރިޕޯޓްކުރަމުން ދެއެވެ. އެގޮތުން ދާދިފަހުން ވަނީ ހއ. އުލިގަމު ކައިރީ އޮތް ފަރަކަށް އިރާނުގެ ބޯޓެއް އަރައިގެން އެމް.އެން.ޑީ.އެފުން ހަރަކާތްތެރިވެފައެވެ. އަދި އެބޯޓުގައި ހުރި މަސްތުވާތަކެތި އެ ސަރަހައްދުގެ ރަށްތަކަށް ލައްގާފައިވެސް ވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 14  އޯގަސްޓް 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

ޔޫރޯ 2020 : ސްލޮވޭކިޔާއިން އެޓީމުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފި

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ކުޅުނު ފުރަތަމަމެޗް އެޓީމުން ކާމިޔާބުކޮށްފިއެވެ. މި މެޗު ސްލޮވާކިއާ އިން ކާމިޔާބުކުރީ ...

ބަލި މީހުން އުފުލޭގޮތް ހެދުމަށް މަންތާއާއި، ފްލައިމީއަށް އަންގައިފި

މަންތާ އާއި ފްލައިމީ އިން ސްޓެޗަރުގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހަމަޖައްސަން ...