12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމި ނިންމުން ބާތިލުކޮށްފި

ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް އެ ކޯޓުން ކަނޑައަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނިންމި ނިންމުން ބާތިލްކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމްގައި ބުނެފައިވަނީ މަޖިލިސް މެންބަރުންގެ ގޮނޑިތަކުގެ މައްސަލައިގައި ދުސްތޫރީ މައްސަލައެއް އުފެދިފައި އޮތް ކަމަށް ސުޕްރީމް ކޯޓުން ގަބޫލު ކުރާ ކަމަށެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވަމުން ސުޕްރީމް ކޯޓުގެ ބެންޗުން ބުނީ އެހެން ނަމަވެސް 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކަކީ ވަކިވަކިން ސުޕްރީމް ކޯޓްގެ ބެންޗުން ބަލައި މަޖިލިސް މެންބަރުންގެ ގޮނޑިތަކާ މެދު ގޮތެއް ނިންމަން ޖެހޭ ފަދަ މައްސަލަތަކެއް ކަމަށެވެ.

އެގޮތުން 12 މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑިއާ ގުޅޭ ގޮތުން ވަކިވަކިން ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވާ ކަމަށްވެސް މިއަދު ކުރި ޙުކުމްގައި ވަނީ ފާހަގަކޮށްފައެވެ. އަދި ބާކީ ތިބި ހަތަރު މެންބަރުންވެސް ވަކިވަކިން އެ މެންބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޙުކުގައި ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީގެ ހިތަދޫން އިތުރު 7 މީހަކު މިއަދުވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑާއި ގުޅިގެން މިވަގުތު ކާފިއު ހިންގުމަށްފަހު  މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ  އައްޑޫ ސިޓީގެ ހިތަދޫން މިއަދުވެސް އިތުރު 7 ...

އިހަވަންދިއްޕޮޅު ޓްރާންސްޝިޕް ބަނދަރު ހެދުމަށް ބިން ހިއްކަން ފަށާނީ އަންނަ އަހަރު ކަމަށް އެމްޕީއެލް އިން ބުނެފި

އިހަވަންދިއްޕޮޅު ޓްރާންސްޝިޕް ބަނދަރު ހެދުމަށް ބިން ހިއްކަން ފަށާނީ އަންނަ އަހަރު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ...

ހަސަދަވެރިކަމާއި ރުޅިވެރިކަމަކީ މުޖުތަމަޢުގައި ފެތުރެމުންދާ ބޮޑު ވަބާއެއް: ޝައިޚް އިލްޔާސް ޙުސައިން

ހަސަދަވެރިކަމާއި ރުޅިވެރިކަމަކީ އަޅުގަނޑުމެން ތެރޭގައި ފެތުރެމުންދާ ބޮޑު ވަބާއެއްކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ. ޝައިޚް އިލްޔާސް މިހެން ...