މިރޭ ކުޅެވޭ ފައިނަލްމެޗްގައި ޑީކޭގެ ސަމީނުއަށް ނުކުޅެވޭނެ

ވާތު ފަޔަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ޑީކޭގެ ކެޕްޓަން ސަމީނުއަށް މިރޭ ކުޅެވޭ މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ފައިނަލްމެޗްގައި ކުޅުމުގެ ފުރުސަތު  ގެއްލިއްޖެ އެވެ

ސަމީނު ނުހިމެނުމަކީ   މިރޭގެ ފައިނަލްމެޗްގައި  ޑީކޭއަށް ކުރިމަތިވާނެ ބޮޑު ގެއްލުމެކެވެ

މިރޭ ކުޅެވޭ މިނިވަން ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލްގައި ޑީކޭއާއި ބައްދަލުކުރާނީ ތައްލިހިއެވެ. މިދެޓީމަކީވެސް ހުޅުދުއަށް ނިސްބަތްވާ ދެޓީމެވެ.

މިދެޓީމަކީ މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނުނު ދެޓީމެވެ. ގްރޫޕް ސްޓޭޖްގައި މިދެޓީމް ބައްދަލުކޮށް ކުޅެވުނުމެޗް  4 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ތައްލިހިއެވެ.

މިރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ ފައިނަލްމެޗް ފެށުމުގެ ކުރީން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ފެށުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިރޭ 8:00 ން ފެށިގެން ހުޅުދޫ ސްކޫލްގެ ދަރިވަރުން ގެނެސްދޭ ޚާއްސަ އިވެންޓަކާއި މީދޫ އީޓީއެފް އިން ގެނެސްދޭ ޚާއްސަ އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނޭމާ ނުލިބިދެކަމަށް ބަލައި ސަންޗޯ ހޯދުމުގެ މަސައްކަތް ބާސާއިން ފަށައިފި

ޕީއެސްޖީއަށް ކުޅެމުންއަންނަ ބާސެލޯނާގެ ކުރީގެ ފޯވާޑް ބްރެޒިލްގެ ނޭމާ ނުލިބިއްޖެނަމަ ބްރޯޝިއާ ޑޯޓްމަންޓަށް ކުޅެމުންއަންނަ އިންގްލެންޑް ސަންޗޯ ގަތުމަށް ...

ޝުކުރީ އަކީ ދެކެދެކެވެސް ނުދެކޭފަދަ ހިންގުންތެރި ކުޅަދާނަ ބޭފުޅެއް

Advertisement އައްޑޫސިޓީ ހުޅުދޫ އަވަށުގެ މިހާރުގެ ކައުންސިލަރު ޝުކުރީ އަކީ ދެކެދެކެވެސް ނުދެކޭފަދަ ހިންގުންތެރި ކުޅަދާނަ ބޭފުޅެއްކަމުގައި ހުޅުދޫ ...

މަޖިލީހަށް ހާޒިރުނުވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އިސްލާހެއް

ވިދިވިދިގެން ތިން ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެން އަދި މެޑިކަލް ސެޓްފިކެޓް ހުށަނާޅުއްވާ މެންބަރުންގެ ގޮނޑި ގެއްލޭ ...