އަރަބި ކަނޑުގައި އުފެދުނު ތޫފާން މެކުނުގެ ބާރު ގަދަވެއްޖެ

އަރަބި ކަނޑުގައި އުފެދުނު ތޫފާން މެކުނުގެ ބާރުގަދަވެ، ކެޓަގަރީ 2ގެ ތޫފާނަކަށް ބަދަލުވެއްޖެއެވެ.

މި ތޫފާން ބުރާސްފަތި ދުވަހު ޔަމަނަށް އަރާފައިވާއިރު، އެޤައުމުގެ ސޮކޮޓްރާ އައިލެންޑުން ގެއްލުނު މީހުންގެ އަދަދު ވަނީ 19އަށް އަރާފައެވެ. ގެއްލިފައިވާ މީހުންގެ ފުރާނަ ސަލާމަތްވާނެ ކަމަށް ނުބެލެވޭ ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ތޫފާން މިއަދުގެ ވަގުތެއްގައި އޮމާންގެ ސަލާލާ ސިޓީއަށް އަރާނެ ކަމަށް މީޓިއޮރޮލޮޖިސްޓުން ލަފާކޮށްފައިވެއެވެ. އޮމާނަށް 200 މިލިމީޓަރާއި 600 މިލިމީޓަރާއި ދެމެދުގެ މިންވަރަށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 20 ސެމްޓިމީޓަރާއި 60 ސެމްޓިމީޓަރާއި ދެމެދުގެ މިންވަރަކަށް ފެންބޮޑުވާނެ ކަމަށް ލަފާކޮށްފާއިރު، މި ތޫފާނުގައި އުފެދޭ ރާޅުތަކުގެ އުސްމިނުގައި 8 މީޓަރާއި 12 މީޓަރު ހުންނާނެ ކަމަށް މީޓިއޮރޮލޮޖީއިން ވަނީ ހާމަކޮށްފައެވެ.

މި ތޫފާނުގައި ގަޑިއަކު 155 ކިލޯމީޓަރުގެ ބާރުމިނުގައި އަންނަނީ ވައިޖެހެމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން އޮމާންގެ ސަލާލާ ސިޓީގެ އެއާޕޯޓް ވަނީ ކުރިއަށް އޮތް 24 ގަޑިއިރަށް ބަންދުކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ހާމަ ކުރާ ގޮތުގައި އެއާޕޯޓް އަލުން ހުޅުވާނީ ނުރައްކާތެރި ހާދިސާއެއް ނުހިނގާނެ މިންވަރަށް މޫސުން ރަނގަޅުވުމުން ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރު އޮފީސްތަކުގެ ހަރަދު ކުޑަ ކުރަން ފިޔަވަޅުތައް އެޅުމަށް އަންގައިފި

ސަރުކާރު އޮފީސްތަކުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ކޮންމެ އޮފީހަކަށް ވެސް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ރައީސް ...

މާނާ ހުޅުދޫ އަވަށު އޮފީހަށް ބަދަލުކުރުމަށް ނިންމި ނިންމުމަކީ މީދޫ ރަށްޔިތުން ބަލައިގަންނާނެކަމެއްނޫން- މީދޫދާއިރާގެ އިންތިޚާބީ މެމްބަރު އައްދު

މީދޫ އަވަށުއޮފީހުގެ ކައުންސިލް އެގްޒެކެޓިވް މަޢާނާ މުމްތާޒު ހުޅުދޫ އަވަށު އޮފީހަށް ބަދަލުކުރުމަށް ނިންމި ނިންމުން އައްޑޫމީދޫ ރައްޔިތުން ...

އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައި ވަނީ ހުޅުމީދޫ އަށާ ފުވައްމުލަކަށް

އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާއި ހަމައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ...