ސަރުކާރު އޮފީސްތަކުގެ ހަރަދު ކުޑަ ކުރަން ފިޔަވަޅުތައް އެޅުމަށް އަންގައިފި

ސަރުކާރު އޮފީސްތަކުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ކޮންމެ އޮފީހަކަށް ވެސް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރު އޮފީސްތަކަށް އަންގަވައިފިއެވެ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވަނީ ގޮތުން ސަރުކާރުގެ އިދާރާތައް ހިންގުމުގައްޔާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ސިއްހީ ރައްކައުތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާހައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާއީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒު ކުރުމަށް އެދިފައެވެ.

އަދި އޮފީހުން ކުރާ ކަރުދާހުގެ ހަރަދާއި، ޕްރިންޓް ކުރުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތް ކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒު ކުރުމުގެ ގޮތުން ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން “ޕޭޕާލެސް” މަސައްކަތުގެ މާހައުލެއް އޮފީހުގައި ޤާއިމުކުރުމަށް މަސައްކަތްކުރުމަށްވެސް ދެންނެވުމުގައި އަންގާފައިވެއެވެ.

އަދި، ކޮވިޑް19 އާ ގުޅިގެން، ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިގްތިސޯދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ހަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށްވެސް ދެންނެވުމުގައި ވަނީ އަންގައިފައެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަނީ ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމުގައި ދެކެމުން ދިޔަ ފަތުރުވެރިކަމަށް ކޮވިޑްގެ ސަބަބުން އައި ހީނަރުކަން ރާއްޖޭގެ އިގްތިސޯދާއި ވަނީ ވަރަށް ބޮޑަށް ކުޅެލައިފައެވެ. މަހުން މަހަށް ދައުލަތަށް ލިބެމުން ދިޔަ އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށްވިއެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ދައުލަތުން ކުރަން ޖެހުނު ހަރަދު އެތައް ގުނައެއް އިތުރުވިއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރުވެސް ބަންދުކޮށް ފަތުރުވެރިން ރާއްޖެ އައުން މަނާކުރިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހު އަލުން ބޯޑަރު ހުޅުވާލުމަށްފަހު ފަތުރުވެރިކަން މަޑުމަޑުން ރަނގަޅުވަމުން އަންނަކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން އިތުރު 15 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން މިއަދު އިތުރު 15 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ މި 15 ...

ޑިއުޓީ ކުޑަކުރުމުން ސަރަހައްދީ ބަނދަރުތަކަށް ލިބޭ އާމްދަނީ ދަނީ އިތުރުވަމުން: ރައީސް

ސަރަހައްދީ ބަނދަރުތަކުން ނަގާ ޑިއުޓީ ކުޑަކުރުމާއިއެކު މިދިޔަ އަހަރު އެތެރެކުރި މުދަލުގެ އަގު 566 މިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާކަމަށް ...

މިއަދު އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވީ 4 މީހުން

އައްޑޫ ސިޓިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ...