އަރަބި ކަނޑުގައި އުފެދުނު ތޫފާން މެކުނުގެ ބާރު ގަދަވެއްޖެ

އަރަބި ކަނޑުގައި އުފެދުނު ތޫފާން މެކުނުގެ ބާރުގަދަވެ، ކެޓަގަރީ 2ގެ ތޫފާނަކަށް ބަދަލުވެއްޖެއެވެ.

މި ތޫފާން ބުރާސްފަތި ދުވަހު ޔަމަނަށް އަރާފައިވާއިރު، އެޤައުމުގެ ސޮކޮޓްރާ އައިލެންޑުން ގެއްލުނު މީހުންގެ އަދަދު ވަނީ 19އަށް އަރާފައެވެ. ގެއްލިފައިވާ މީހުންގެ ފުރާނަ ސަލާމަތްވާނެ ކަމަށް ނުބެލެވޭ ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ތޫފާން މިއަދުގެ ވަގުތެއްގައި އޮމާންގެ ސަލާލާ ސިޓީއަށް އަރާނެ ކަމަށް މީޓިއޮރޮލޮޖިސްޓުން ލަފާކޮށްފައިވެއެވެ. އޮމާނަށް 200 މިލިމީޓަރާއި 600 މިލިމީޓަރާއި ދެމެދުގެ މިންވަރަށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 20 ސެމްޓިމީޓަރާއި 60 ސެމްޓިމީޓަރާއި ދެމެދުގެ މިންވަރަކަށް ފެންބޮޑުވާނެ ކަމަށް ލަފާކޮށްފާއިރު، މި ތޫފާނުގައި އުފެދޭ ރާޅުތަކުގެ އުސްމިނުގައި 8 މީޓަރާއި 12 މީޓަރު ހުންނާނެ ކަމަށް މީޓިއޮރޮލޮޖީއިން ވަނީ ހާމަކޮށްފައެވެ.

މި ތޫފާނުގައި ގަޑިއަކު 155 ކިލޯމީޓަރުގެ ބާރުމިނުގައި އަންނަނީ ވައިޖެހެމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން އޮމާންގެ ސަލާލާ ސިޓީގެ އެއާޕޯޓް ވަނީ ކުރިއަށް އޮތް 24 ގަޑިއިރަށް ބަންދުކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ހާމަ ކުރާ ގޮތުގައި އެއާޕޯޓް އަލުން ހުޅުވާނީ ނުރައްކާތެރި ހާދިސާއެއް ނުހިނގާނެ މިންވަރަށް މޫސުން ރަނގަޅުވުމުން ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އައްޑޫސިޓީ ގުޅިފައިވާ ރަށްތަކުން އެއްރަށުން އަނެއް ރަށަށް ދިއުން މަނާ

އައްޑޫގެ އަވަށްތަކުގެ މީހުން  އެއްއަވަށުން އަނެއް އަވަށަށް  ނުދެވޭ ގޮތަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ. އައްޑޫސިޓީ ކައުންސިލުން މިގޮތައް ...

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރާއްޖޭގައި

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބާކީހުރި މެޗުތައް ރާއްޖޭގައި ކުޅެން އޭއެފްސީން ނިންމައިފިއެވެ. ރާއްޖެއަށް މި ...

ޢަލީ ވަޙީދު ޢިސްތިއުފާ ދެއްވުމަށް ރައީސް އަންގަވައިފި

މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ބުދަ ދުވަހުގެ ...