ޑރ. މަޖީދުގެ ޖަނާޒާއަށްފަހު ހަށިކޮޅު ފަސްދާނުލައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ކަށުނަމާދަށްފަހު އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލައިފި އެވެ.

ޑރ. މަޖީދުގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ބާއްވާފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ޖާވައްތަ ޖުންމާ މިސްކިތުގަ އެވެ.

ކަށު ނަމާދަށްފަހު އެ މިސްކިތުގެ ސަހަރާގައި ޑރ. މަޖީދުގެ ހަށިކޮޅު ފަސްދާނުލާފައިވާއިރު ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ޖަނާޒާގައި ބައިވެރިވެފައިވެ އެވެ.

ޑރ. މަޖީދުގެ އާއިލާ އިން ބުނީ އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު މާލޭގެ އިސްލާމީ މަރުކަޒުގައި އާއި އައްޑު ސިޓީގައި ވެސް އޮންނާނެ ކަމަށެވެ. އަދި ޑރ. މަޖީދުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މައްކާގެ ހަރަމްފުޅުގައި ބޭއްވުމަށްވެސް އާއިލާ އިން ވަނީ ނިންމާފަ އެވެ.

ޑރ. މަޖީދު އަވަހާރަވީ ސްރީލަންކާގައި ހުންނަވަނިކޮށް މިދިޔަ ހުކުރު ދުވަހު ޖެހިވަޑައިގެންނެވި ސްޓްރޯކަކަށް ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

އުމުރުފުޅުން 55 އަހަރުގައި އަވަހާރަވި ޑރ. މަޖީދަކީ ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް އިސްކޮށް ތިއްބަވައިގެން އުފައްދާފައިވާ އަދާލަތު ޕާޓީގެ އެއް ބާނީ އެވެ. ތަފްސީރު އިލްމުން ރާއްޖޭގައި ޕީއެޗްޑީ ހާސިލްކުރައްވައިގެން ހުންނެވި ހަމައެކަނި ބޭފުޅަކީ ވެސް ޑރ. މަޖީދެވެ.

ޑރ. މަޖީދު ފާހަގަކުރެވިފައިވަނީ ހުލްގުހެޔޮ، މަޑުމައިތިރި، އަހްލާގު ރަނގަޅު އަދި ހަމައާއި އިންސާފަށް އަބަދުވެސް ވާހަކަދައްކަވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގަ އެވެ.

ޑރ މަޖީދު ވަނީ އިސްލާމިކް މިނިސްޓަރުގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސްކަމާއި ގައުމީ ޔުނިވަސިޓީއާއި ބައެއް ކޮލެޖުތަކުގައި ލެކްޗަރާއެއްގެ މަގާމުވެސް ފުރުއްވާފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުރަތަމަ ލުއި ދެވޭނީ ގެއިން ނުކުމެ އުޅުމަށް – ރައީސް

މާލެ ސަރަޙައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ...

އުރީދޫން 60 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާއާއެކު އާ ޕެކޭޖްތަކެއް

އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކުގެ ޑޭޓާ އެލަވަންސްތަށް އިތުރުކޮށް، މުޅިން އައު ޕްލޭންތަކެއް ތައާރަފްކުރުމާއި ...

މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓު ދޭން މަޝްވަރާކުރަނީ

މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމަށް އިމިގްރޭޝަނާއެކު މަޝްވަރާ ކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއިން ނިންމައިފިއެވެ. ...