ޑރ. މަޖީދުގެ ޖަނާޒާއަށްފަހު ހަށިކޮޅު ފަސްދާނުލައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ކަށުނަމާދަށްފަހު އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލައިފި އެވެ.

ޑރ. މަޖީދުގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ބާއްވާފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ޖާވައްތަ ޖުންމާ މިސްކިތުގަ އެވެ.

ކަށު ނަމާދަށްފަހު އެ މިސްކިތުގެ ސަހަރާގައި ޑރ. މަޖީދުގެ ހަށިކޮޅު ފަސްދާނުލާފައިވާއިރު ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ޖަނާޒާގައި ބައިވެރިވެފައިވެ އެވެ.

ޑރ. މަޖީދުގެ އާއިލާ އިން ބުނީ އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު މާލޭގެ އިސްލާމީ މަރުކަޒުގައި އާއި އައްޑު ސިޓީގައި ވެސް އޮންނާނެ ކަމަށެވެ. އަދި ޑރ. މަޖީދުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މައްކާގެ ހަރަމްފުޅުގައި ބޭއްވުމަށްވެސް އާއިލާ އިން ވަނީ ނިންމާފަ އެވެ.

ޑރ. މަޖީދު އަވަހާރަވީ ސްރީލަންކާގައި ހުންނަވަނިކޮށް މިދިޔަ ހުކުރު ދުވަހު ޖެހިވަޑައިގެންނެވި ސްޓްރޯކަކަށް ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

އުމުރުފުޅުން 55 އަހަރުގައި އަވަހާރަވި ޑރ. މަޖީދަކީ ރާއްޖޭގެ ދީނީ އިލްމުވެރިންތަކެއް އިސްކޮށް ތިއްބަވައިގެން އުފައްދާފައިވާ އަދާލަތު ޕާޓީގެ އެއް ބާނީ އެވެ. ތަފްސީރު އިލްމުން ރާއްޖޭގައި ޕީއެޗްޑީ ހާސިލްކުރައްވައިގެން ހުންނެވި ހަމައެކަނި ބޭފުޅަކީ ވެސް ޑރ. މަޖީދެވެ.

ޑރ. މަޖީދު ފާހަގަކުރެވިފައިވަނީ ހުލްގުހެޔޮ، މަޑުމައިތިރި، އަހްލާގު ރަނގަޅު އަދި ހަމައާއި އިންސާފަށް އަބަދުވެސް ވާހަކަދައްކަވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގަ އެވެ.

ޑރ މަޖީދު ވަނީ އިސްލާމިކް މިނިސްޓަރުގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސްކަމާއި ގައުމީ ޔުނިވަސިޓީއާއި ބައެއް ކޮލެޖުތަކުގައި ލެކްޗަރާއެއްގެ މަގާމުވެސް ފުރުއްވާފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020 : ހަންގޭރީއާ އެއްވަރުވެ ޖަރުމަނު ގަދަ 16 އަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީއާ އެއްވަރުވެ ގްރޫޕް އެފްގެ ދެވަނަ ޓީމަކަށް ހޮވި ޖަރުމަނު ގަދަ 16 ...

އާޒިމްގެ ރައްދު އިޔާޟަށް: ސިޔާސީ ބޭނުމަށް ދީން ބޭނުންކުރުމަކީ ކޮންކަހަލަ ކަމެއްތޯ

ސިޔާސީ ބޭނުމަށް ދީން ބޭނުންކުރުން މީ ކޮންކަހަލަ ކަމެއްތޯ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ޑރ.މުޙައްމަދު ...

ރައްޔިތުން ނިންމާ ނިންމުމަކަށް، އިޚުތިރާމްކޮށް ޤައުމާއިގެން ކުރިއަށް ދާންޖެހޭ: ނައިބް ރައީސް

މިއަދުގެ ވޯޓުލުން ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ރައްޔިތުން ނިންމާ ކޮންމެ ނިންމުމަށް އިޚުތުރާމުކޮށް ޤައުމާއިގެން ކުރިއަށް ގެންދަން ...