އުރީދޫން 60 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާއާއެކު އާ ޕެކޭޖްތަކެއް

އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކުގެ ޑޭޓާ އެލަވަންސްތަށް އިތުރުކޮށް، މުޅިން އައު ޕްލޭންތަކެއް ތައާރަފްކުރުމާއި އެކު އުރީދޫ ޑޭޓާގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

އުރީދޫން ބުނީ މި ބަދަލުތަކާއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ ލިބިގެންދާއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްއާއިއެކު ހެޔޮ އަގުގައި މުޅިން އައު ޕެކޭޖްތަކެއް ތަޢާރަފް ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކަށް 25 ޕަސެންޓް އިތުރު ޑޭޓާ އާއިއެކު، ކަސްޓަމަރުންނަށް ޚާއްޞަ އޮފާއެއްގެ ގޮތުގައި 80 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ ވެސް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

ޕްރިޕެއިޑް ޕްލޭންތަކަށް 60 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ

ނެޓުހެޔޮ މަޝްރޫއުގެ ދަށުން ޕްރީޕެއިޑް ޕްލޭންތަކަށް އައި ހެޔޮ ބަދަލާއެކު 60 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު 38 ޕަސެންޓާއި ހަމައަށް އަށް ޑޭޓާގެ އަގުވެސް ވަނީ އުރީދޫން ވަނީ ތިރިކޮށްފައެވެ. މި ބަދަލާއެކު އުރީދޫ ޕްރީޕެއިޑް ގެންގުޅޭ ފަރާތްތަކަށް ޑިޖިޓަލް ޚިދުމަތްތައް ބޭނުންކޮށް އިންޓަނެޓްގެ ފުރިހަމަ ބޭނުންހިފުމަށް އިތުރަށް މަގު ފަހިވާނެއެވެ.

30 ޕަސެންޓް އިތުރު ޑޭޓާއާއި އެކު މުޅިން އައު ޕޯސްޓްޕެއިޑް ޕްލޭންތަކެއް

– 30 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު އައު ޕްލޭންތަކެއް ތަޢާރަފްކުރެވިފައިވީއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 29 ޕަސެންޓާއި ހަމައަށް ޑޭޓާގެ އަގު ތިރިވެ ކުރިއަށްވުރެ ގިނަ ކަންކަން ހެޔޮ އަގުގައި ކުރެވިގެންދާނެ.

– ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ވައިބަރ، ޓުވިޓަރ، ވަޓްސަޕް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓެލެގްރާމް ބޭނުންކޮށްލުމަށް ޚާއްޞަ ޑޭޓާ އެލަވަންސްއެއް ލިބިގެންދާނެ.

– މީގެ އިތުރުން ނެޓުހެޔޮ ޕޯސްޓްޕެއިޑް 600 އާއި މަތީގެ ޕްލޭންތައް ގެންގުޅޭ ފަރާތްތަކަށް ޑޭޓާ ރޯލްއޯވަރގެ ޚިދުމަތާއެކު، ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ރެގިއުލަރ ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެ.

މިއަދު ތަޢާރަފްކުރެވުނު އައު ޕްލޭންތައް އުރީދޫ ސެލްފްކެއަރ އެޕް، އުރީދޫ ޢެޕް: http://ore.do/app މެދުވެރިކޮށް ނެގޭނެއެވެ.

ފަސޭހަ ހޯމްބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 ޕަސެންޓް އިތުރު ޑޭޓާ އަދި އިތުރު 80 ޕަސެންޓް ބޯނަސް ޑޭޓާ

– 25% އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު ފަސޭހަ ހޯމްބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް %20 އާއި ހަމައަށް ޑޭޓާގެ އަގު ތިރިވެގެންދާނެއެވެ. މިބަދަލާއިއެކު ފަސޭހަ ހޯމް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންގެ އިތުރު ވަމުން އަންނަ އިންޓަރނެޓްގެ ބޭނުންތައް ހެޔޮ އަގުގައި ފުއްދާލެވޭނެއެވެ.

– މީގެ އިތުރުން، ޙާއްޞަ އޮފަރއެއްގެ ދަށުން 2021 ގެ ނިޔަލަށް %80 އާއި ހަމައަށް އިތުރު ބޯނަސްޑޭޓާވެސް ލިބިގެންދާނެއެވެ.

– އޭގެ އިތުރުން ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަރގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއި އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ. ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެ.

އުރީދޫން ބުނީ ފަސޭހަ ހޯމްބްރޯޑްބޭންޑް ނަގާ ފަރާތްތަކަށް އިތުރަށް މަޑުކުރަންނުޖެހި، ރައުޓަރ ގުޅާލުމުން ވަގުތުން ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޓީ ކައުންސިލްގެ ބާރުތައް ފެށޭ ހަފްތާގެ ތެރޭގައި ދޭނަން – ރައީސް

ސިޓީ ކައުންސިލަތަކަށް ދޫކޮށްލެވެން ހުރި ހުރިހާ ބާރުތަކެއް މި ފެށޭ ހަފްތާތެެރޭ އެ ކައުންސިލަތަކަށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް ...

ބީއެމްއެލްއަށް ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ރޭ ...

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 68 މީހުން ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީން ކޮވިޑް 19 އަށް އިތުރު 68 މީހުން ޕޮޒިޓިވްވެއްޖެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ހާމަކޮށްފައިވާގޮތުން ...