އައްޑޫގައި ވަކި ދަޢުލަތެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފި

އައްޑޫ ސިޓީގައި ވަކި ދަޢުލަތެއް ޤާއިމްކުރަން އެސިޓީގެ ބައެއް ކައުންސިލް މެމްބަރުންނާ އެމްޑީޕީގެ އިސް ބޭފުޅުންނާއެކު ކުރީގެ ރައީސް ނަޝީދު ކުރެއްވި މަޝްވަރާގެ އޯޑިއޯއެއް މިހަފްތާގެ ތެރޭގައި މިވަނީ ލީކުވެފައެވެ.

މިމައްސަލައިގައި އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ނަޝީދަށް އަމާޒުވެފައިވާއި މިކަމާ ގުޅޭގޮތުން ނަޝީދު އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅުވެފައެއް ނުވެއެވެ.

އެހެންނަމަވެސް މިއޯޑިއޯއަކީ ސައްޙަ އޯޑިއޯއެއްކަން އެމަޝްވަރާގައި ބައިވެރިވި މީދޫ ކައުންސިލަރު ހުސެއިން ހިޔާޒް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ލީކުވެފައިވާ ނަޝީދުގެ އޯޑިއޯގައި ވިދާޅުވެފައިވަނީ ބްރިޓިޝް ވާޖިން އައިލެންޑް މިސާލަކަށް ނަންގަވައިގެން އައްޑޫ ސިޓީ ގައި ވެސް ވަކި ދައުލަތެއް ގާއިމު ކުރެވިދާނެ ކަމަށެވެ. އަދި ހަތިޔާރު އެތެރެކޮށް އަސްކަރިއްޔާއެއް ޤާއިމްކުރެވިއްޖެނަމަ އައްޑޫގައި ވަކި ދަޢުލަތެއް ޤާއިމްކުރެވިދާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލް ކިޑްސް ރަންއިން އެމްއޭޕީޑީއަށް އެއް ލައްކަ ރުފިޔާ

ބީއެމްއެލް އަދި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން މި އަހަރު ބޭއްވި “ބީއެމްއެލް ވައު ކިޑްޒަ ރަން” ...

ޖުނާވަންޑޭކަޕް 2021: ބްރަދާސްޔުނައިޓެޑް ޗެމްޕިއަންކަން ހޯދައިފި

 ޖުނާ ވަންޑޭ ކަޕް ގެނަމުގައި ކްލަބު ލޮތަރިން ބޭއްވި ސްޓްރީޓްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްރަދާސް ޔުނައިޓެޑް ހޯދައިފިއެވެ. ...

އައްސޭރިފަށް ސާފުކުރުމުގެ ބޮޑު ހަރަކާތް މީދޫގައިވެސް ކުރިއަށް ގެންގޮސްފި

މޫދާއި ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން މުޅި ރާއްޖޭގައި އައްސޭރިފަށް ސާފުކުރުމުގެ ބޮޑު ހަރަކާތް މީދޫގައިވެސް ...