ރައީސް ޔާމީން ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފި

ޝަރިއާތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒުކުރުމުގެ ގޮތުން ރައީސް ޔާމީނ މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

ޔާމީން ޖަލަށް ގެންގޮސްފައި ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި އެފްއޯއެފް އެކައުންޓުން ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރުގެ ހިޔާނާތު ފައިސާގެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން، އެ މަނިކުފާނު ހައްޔަރުކޮށްގެން މައްސަލަ ކުރިއަށް ގެންދިޔުމަށް ކުރި އަމުރަކާ ގުޅިގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

އެހެންވެ، ޔާމީން ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގަބޫލު ކުރެވޭތީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީގެ ވަކީލް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އޭނާ އެދިވަޑައިގެންނެވި ގޮތަށް ގާޒީ އަހުމަދު ހައިލަމް ވަނީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކުރައްވައިފައެވެ.

މި މައްސަލައިގައި ޕީޖީން ވަނީ ޔާމީން ބަންދު ކުރަން ޖެހޭ ސަބަބުތައް ހާމަކޮށް ލިޔުމެއް ވެސް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޔާމީން ވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހެކިންނަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅާފައިވާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 10 މީހުން ދޫކޮށްލައިފި

އައްޑޫގައި ދާދި ފަހުން ނުރައްކާތެރި މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 10 މީހަކު ދޫކޮށްލައިފި އެވެ. ...

ޕޮޓޯއިން ޚަބަރު: މީދޫގެ ލައިޓް ޕޯލްތައް ހަލާކުވުން

މީދޫ ބޮޑުމަގުގެ އުތުރުކޮޅުގެ މަގުގެ ދެފަރާތުގައި ޖަހާފައިވާ ލައިޓްޕޯލްތަކުގެ ތެރެއިން ބައެއް ލައިޓްޕޯލްތަކާއި މީދޫ ބަނދަރުގެ ސަރަހައްދުގައި ޖަހާފައިވާ ...

48 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް ބަލީގައިގައި 03 މީހަކު މަރުވެއްޖެ

ވޭތުވެދިޔަ 48 ގަޑިއިރުގެތެރޭގައި ރާއްޖެއިން ކޮވިޑް ބަލީގައި ތިންވަނަ މީހަކު މަރުވެއްޖެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ވޭތުވެދިޔަ 48 ގަޑިއިރުގެރޭގައި ...