ސިޓީ 2 ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރާ 3 ލަނޑު ޖަހައިގެން ސިޓީގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑް ކުރިހޯދައިފި

މެންޗެސްޓަރ ސިޓީ 2 ލަނޑު 0 ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުންއަރާ 3 ލަނޑު ޖަހައިގެން މެންޗެސްޓަރ ސިޓީގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބު ހޯދައިފިއެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅެވުނު މި މެޗުގެ 25 ވަނަ މިނެޓްގައި ސިޓީގެ ވިންސެންޓް ކޮމްޕެނީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ފަސް މިނެޓްފަހުން ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ގުންޑޮގާންއެވެ.

ފުރަތަމަ ހާފް ނިމުނުއިރު 2  ލަނޑު 0 ލަނޑުން  ދެރަވެފައިއޮތުމުން ދެވަނަ ހާފްގެ ކުޅުން ޔުނައިޓެޑުން ފަށާފައިވަނީ ވަރަށް ބޮޑުތަން ރަނގަޅު ކޮށްގެންނެވެ.

މިގޮތުން 53 ވަނަ މިނެޓްގައި ޕޯލް ޕޮގްބާ ޔުނައިޓެޑްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނެވެ. އަދި  އޭގެ ދެ މިނެޓްފަހުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ޕޮގްބާއެވެ.

މިމެޗްގައި ޔުނައިޓެޑުން ކާމިޔާބުކޮށްފައިވާ 3 ވަނަ ލަނޑު 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ  ކްރިސް ސްމޯލިންއެވެ.

މިރޭގެ މެޗުން ސިޓީ ބަލިވިއިރު މިއީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު ސިޓީގެ އަމިއްލަ ދަނޑުގައި ކުޅެ އެޓީމު ލީގުގައި ބަލިވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި އެންމެފަހުން ސިޓީ އަމިއްލަ ދަނޑުގައި ކުޅެ ބަލިވީ ޗެލްސީ އަތުންނެވެ.

ލީގު ހޯދުމަށް ސިޓީ އަށް ހަ ޕޮއިންޓު ބޭނުންވާއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެސީ، ބޮލީވިޔާ ކޮޅަށް ހެޓްރިކް ހަދައި ޕެލޭގެ ރެކޯޑް މުގުރާލައިފި

ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ޒޯނުގައި ބުރާސްފަތި ދުވަހުގެރޭ ފަތިހު ބޮލީވިޔާ ކޮޅަށް ހެޓްރިކް ހަދައި، ދެކުނު ...

ރެއާލްމެޑްރިޑާއި ޖިރޯނާ ބައްދަލުކުރިމެޗްގެ ތެރެއިން

ލަލީގާގައި ރޭ ރެއާލްމެޑްރިޑާއި ޖިރޯނާ ބައްދަލުކުރިމެޗް ޖިރޯނާ ލަނޑެއް ޖަހާ ކުރިހޯދާފައިވަނިކޮށް ފަހަތުން އަރައި 4 ލަނޑު ޖަހައިގެން ...

ޓީމް ބަލިވިނަމަވެސް އެރިކްސަންގެ ހާލު ރަނގަޅުވުމުން ޑެންމާކް ހިތްހަމަޖެހިފައި

“ޑެންމާކް ބަލިވީއެވެ. ނަމަވެސް ފުރާނައެއް ކާމިޔާބު ކުރެވިއްޖެއެވެ.” މިއީ ޑެންމާކްގެ ނޫސްތަކުގައި ފާހަގަކޮށްފައިވާ ސުރުޚީއެކެވެ މިއީ ރޭގެ މެޗްގެ ...