ޔުވެންޓަސް ބަލިކޮށް ރެއާލް މެޑްރިޑް ސެމީއާ ގާތަށް

ޔުވެންޓަސްގެ މައްޗަށް 3 ލަނޑު 0 ލަނޑުން ކުރި ހޯދާއިގެން ޗެމްޕިއަންސްލީގުގެ ސެމީ ފައިނަލާ ގާތަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ރެއާލްމެޑްރިޑްގެ ރޮނާލްޑޯވަނީ ވަނީ ލަނޑެއްޖަހާ މެޗްގެ ލީޑު ހޯދާފައެވެ.

ރެއާލްގެ މި ގޯލަށްފަހު ޔުވެންޓަސް އިން ވަނީ ކުޅުން ރަނގަޅުކޮށް ރެއާލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ހިގުއައިން ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ނަވާސް ހުޝިޔާރުކަމާ އެކު ދިފާއުކުރިއިރު ޑިބާލާ އާއި ކިއެލީނީ އަށް ވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ.

1 ލަނޑު 0 ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފް ރެއާލްމެޑްރިޑުން ނިންމާލިއިރު  މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށިގެން  64 ވަނަ މިނެޓްގައި ރެއާލްމެޑްރިޑްގެ ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދީފައވަނީ ރޮނާލްޑޯއެވެ.

ރެއާލްމެޑްރިޑުން 2 ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް މެޗްގެ 66 ވަނަ މިނިޓްގައި ރެފްރީ ވަނީ ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޑިބާލާ އަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ރެއާލްގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

10  ކުޅުންތެރިންނާ އެކު މެޗުގެ ބާކީބައި ޔުވެންޓަސް އިން ފުރިހަމަ ކުރަން ޖެހުނުއިރު މިމެޗްގައި ރެއާލްމެޑްރިޑުން ކާމިޔާބުކުރި 3 ވަނަ ލަނޑު  72 ވަނަ މިނެޓްގައި  ކާމިޔާބުކޮށްދީފައިވަނީ މާސެލޯއެވެ.

މިމެޗުން މޮޅުވެ ޗެމްޕިއަންސްލީގުގެ ސެމީފައިނަލަށް ދިއުމުގެ ފުރުސަތު  ރެއާލްމެޑްރިޑަށް ތަނަވަސް ވެފައިވާއިރު  މި މުބާރާތުގެ ޗެމްޕިއަންކަން ވޭތުވެދިޔަ ދެ އަހަރުވެސް ހޯދާފައިވަނީ ރެއާލްމެޑްރިޑެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޯލިއަންސް މިކްސް ވޮލީބޯޅަ މުބާރާތް: ރޭ ކުޅެވުނު ކާމިޔާބުކުރީ ޗެލެންޖާސް

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް  ޓީމް ޗެލެންޖާސް ކާމިޔާބުކޮށްފިއެވެ. ފޭދޫ އަވަށުއޮފީހުގެ ޑިރެކްޓަރ  އަހުމަދު ރަޝީދާއި ...

ބާސެލޯނާ އިން ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުގެ މެޗްގައި ލެވާންޓޭއާއި ބައްދަލުކުރިމެޗް  3 ލަނޑު 0 ...

ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް

ކުރިން މެންޗެސްޓަރ ސިޓީއަށް ކުޅުނު ކުރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އެޓީމަށް އައިސްފި އެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކުރިކަން މަޝްހޫރު ...