ޗެމްޕިއަން ފްރާންސުން އޮސްޓްރޭލިއާގެ މައްޗަށް ފަސޭހަ މޮޅަކާއެކު ފެށުން ރަނގަޅުކޮށްފި

ގަތަރު ވޯލްޑް ކަޕް 2022 ގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސުން އޮސްޓްރޭލިއާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފި އެވެ.

އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅެވުނު މެޗުން ފްރާންސުން އޮސްޓްރޭލިއާގެ މައްޗަށް ކުރިހޯދީ 4 – 1 ގެ ނަތީޖާއަކުންނެވެ. މުޅި މެޗު އެއްކޮށް ޑޮމިނޭޓްކޮށްގެން ކުޅުނު ފްރާންސުން ވަނީ ގިނަ އިންޖަރީތަކަކާ ހުރެ މުހިންމު ކުޅުންތެރިންތަކެއް ނުލާ ނުކުމެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އޮސްޓްރޭލިއާއިންނެވެ. ކްރެއިގް ގުޑްވިންގެ ލަނޑުން 9 ވަނަ މިނެޓުގައި އޮސްޓްރޭލިއާ ލީޑު ނެގުމުން ފްރާންސުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. 27 ވަނަ މިނެޓުގައި އެޑްރިއެން ރެބިއޮޓް ވަނީ ފްރާންސަށް އެއްވަރުކޮށްދީފަ އެވެ.

މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ފްރާންސަށް ލަނޑު ޖަހައިދިން އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާ އޮލިވިއާ ޖިރޫޑް ވަނީ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރާންސަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފު ނިމުނީ 2 – 1 ން ފްރާންސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ފުރާންސުން އިތުރަށް ކުޅުން ރަނގަޅުކޮށް ވަރުގަދަކޮށް ހާފު ފެށި އެވެ. އަދި އޮސްމާނޭ ޑެމްބެލޭގެ ރީތި ހުރަހަކުން ކީލިއަން އެމްބާޕޭ ވަނީ 68 ވަނަ މިނެޓުގައި ފްރާންސްގެ 3 ވަނަ ލަނޑު ޖަހާދީފަ އެވެ. އަދި މެޗުގެ ފަހު ލަނޑު ޖަހައިދިނީ އޮލިވިއާ ޖިރޫޑެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ފްރާންސާއި އޮސްޓްރޭލިއާ އެއް ގްރޫޕަކަށް ލައްވާލިއިރު އެފަހަރުގެ މެޗު ވެސް 2 – 1 ން ކާމިޔާބުކުރީ އެފަހަރުގެ ޗެމްޕިއަންކަން ހޯދި ފްރާންސެވެ. ފްރާންސްގެ މައްޗަށް އޮސްޓްރޭލިއާއިން މިހާތަނަށް ކުރިހޯދާފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2001 ގެ ފީފާ ކޮންފެޑެރޭޝަން ކަޕުގައި 1 – 0 ގެ ނަތީޖާއަކުންނެވެ. މީގެއިތުރުން މިދެޓީމު ބައްދަލުކުރި އަނެއް 4 މެޗުގެ ތެރެއިން ފްރާންސް 3 މެޗު ކާމިޔާބުކުރިއިރު 4 ވަނަ މެޗުން ވީ އެއްވަރެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަދަން ސްޕޯޓްސް ވޮލީބޯޅަ މުބާރާތް: މީދޫޓީމް ކުޅުނު ދެވަނަ މެޗުން ބަލިވެއްޖެ

ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގައި މީދޫޓީމް ކުޅުނު ދެވަނަ މެޗުން އެޓީމް ބަލިވެއްޖެވެ. ފޭދޫ ވޮލީ ކޯޓުގައި ...

ޔޫރޯ 2020 : ސްލޮވޭކިޔާއިން އެޓީމުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފި

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ކުޅުނު ފުރަތަމަމެޗް އެޓީމުން ކާމިޔާބުކޮށްފިއެވެ. މި މެޗު ސްލޮވާކިއާ އިން ކާމިޔާބުކުރީ ...

ވޯލްޑްކަޕް ބަލާލުމަށް ކެފޭ ރޮކްފޯޑްގައި އުރީދޫގެ ފޭން ޒޯނެއް

އުރީދޫގެ ފޭން ޒޯނެއް މީދޫގައި ހުޅުވައިފި އެވެ. ކެފޭ ރޮކް ފޯޑްގައި ހެދި މި ފޭން ޒޯން އަކީ ...