އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް: ރާއްޖޭގެ އަންހެންޓީމު ކުޅުނު ދެމެޗުންވެސް ބަލިވެއްޖެ

ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން ވޮލީޓީމް ކުޅުނު ދެމެޗުންވެސް  ބަލިވެއްޖެ އެވެ.

މިމުބާރާތުގައި ރާއްޖެއިންވާދަކުރާ އަންހެންޓީމު ކުޅުނު ފުރަތަމަ މެޗުގައި އުޒުބަކިސްތާނާއެކު ކުޅުނު މެޗުން ބަލިވެފައިވަނީ 3 ސެޓް 0 ސެޓުންނެވެ.  މިމެޗްގައި އުޒުބަކިސްތާނުގެ ޓީމުން  ސެޓްތައް ގެންދިޔައީ 25-11، 25-08 އަދި 25-11 އިންނެވެ.

ރާއްޖޭގެ ޓީމް ކުޅުނު ދެވަނަމެޗްގައި ބައްދަލުކޮށްފައިވަނީ ނޭޕާލާއެވެ.  ނޭޕާލް އަތުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

ނޭޕާލާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-11، 25-09 އަދި 25-05 އިންނެވެ. މުބާރާތުގައި ރާއްޖެއަށް ބާކީ ދެން އޮތީ ލީގު ބުރުގެ ތިން މެޗެވެ. އެއީ ސްރީލަންކާ އާއި ބަންގްލަދޭޝް އަދި ކިރްގިސްތާާނާއި ދެކޮޅަށް ކުޅޭ މެޗެވެ. 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖެ ވަނީ ކިރްގިސްތާނާއި ބަންގްލަދޭޝް ބަލިކޮށްފައެވެ. އަދި ރާއްޖެއަކީ އެންމެފަހުން 2019 ގެ މުބާރާތުގެ ރަނަރަޕްޓީމެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާސޭ އަތުން ބަލިވެ ފްރެންޗް ކަޕުން ޕީއެސްޖީ ކަޓައިފި

ފްރެންޗް ކަޕްގެ ދެވަނަ ބުރުގައި ރޭ މާސޭ އަތުން ބަލިވެ ޔޫރަޕުގެ ގަދަބާރު ޕީއެސްޖީ މުބާރާތުން ކަޓައިފި އެވެ. ...

ބާސެލޯނާ އިން ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުގެ މެޗްގައި ލެވާންޓޭއާއި ބައްދަލުކުރިމެޗް  3 ލަނޑު 0 ...

ރެފްރީގެ ނިންމުތަކާ ހިތްހަމަ ނުޖެހިގެން އެކަމުގެ ރުޅިގަޑު ރެފްރީއަށް އަމާޒުކޮށްފި

މަމެން އައްޑޫއިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި އިއްޔެ ހަވީރު ކުޅެވުނު މެޗަށްފަހު  އަތޮޅުމަދަރުސާޓީމްގެ ...