“ހުއްޓުވާ” މުޒާހަރާ ފުލުހުން ހުއްޓުވައިފި

އިދިކޮޅު ފަރާތްތަކުން ރޭ ކުރިއަށް ގެންދިޔަ “ހުއްޓުވާ” މުޒާހަރާ ފުލުހުން ހުއްޓުވައިފި އެވެ.

ރޭ 8:30 ހާއިރު ޗާނދަނީ މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުން ފެށި އެއްވުން ފުލުހުންނަށް ކޮންޓްރޯލް ކުރެވޭވަރުވީ މެންދަމު 2:30 ވަނިކޮށެވެ.

އަދި މުޒާހަރާ ފެށުމުގެ ކުރިންވެސް ފުލުހުން ވަނީ އެއް ނުވެވޭނެ ކަމުގެ އިންޒާރުދީ، އެއްވެއްޖެ ނަމަ ބާރުގެ ބޭނުން ކުރާނެ ކަމަށް ބުނެފަ އެވެ.

ޗާނދަނީ މަގަށް އެއް ނުވެވުމުން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ ޖުމްހޫރީ މައިދާނަށް އެއްވާށެވެ. އެ ސަރަހައްދު ސިފައިން ބެލެހެއްޓި އިރު އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް އާންމުންނަށާއި ފުލުހަކަށް ވަނީ އަނިޔާވެފަ އެވެ. އެ ސަރަހައްދުގައި ފުލުހުން ވަނީ އެކެއް ފެބްރުއަރީގެ ފަހުން ފުރަތަމަ ފަހަރަށް މުޒާހަރާ ކޮންޓްރޯލް ކުރުމަށް ކަރުނަ ގޭސް ޖަހާފަ އެވެ.

ރޭގެ މުޒާހަރާގައި ހައްޔަރު ކުރި މަޖިލީސް މެންބަރުންގެ ތެރޭގައި މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު، މުހައްމަދު އަމިތު، މުހައްމަދު ހުސައިން އަދި އާދަމް އާޒިމް ހިމެނެ އެވެ. މީގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް އަދި އެ ސްޓޭޝަންގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ފަޒީންނާއި މުހައްމަދު ވިޝާމް  ވަނީ ރަނގަޅަށް މުޒާހަރާ ނުފެށެނީސް ހައްޔަރު ކޮށްފައި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލީހުގެ ނައިބު އީވާގެ އިތުބާރުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ދިވެހި ރައްޔިތުންގެ ...

ޖާބިރުގެ ޔޮޓެއް ފަރަށް އަރައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް މަރާމާތަށްފަހު މޫދަށް ބާލައިގެން ދުއްވަނިކޮށް ފަރަށް އަރައިފިއެވެ. މައުލޫމާތު ލިބިފައިވާ ...

ހުޅުދޫ ބަނދަރުގެ 70 ޕަސެންޓް މަސައްކަތް ނިމިއްޖެ

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެއެވެ. އެމްޓީސީސީން ބުނީ އެ ބަނދަރުގެ އެއްގަމުތޮށި ...