ހުޅުދޫ ބަނދަރުގެ 70 ޕަސެންޓް މަސައްކަތް ނިމިއްޖެ

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ އެ ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން 88,623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖާމިނުކުރެވޭގޮތް ދަށުކޯޓުގެ އެންމެ ފަނޑިޔާރަކަށް ނޭގޭތީ އެންމެންގެ ވަގުތު ގެއްލޭކަމަށް ވެއްޖެ: ޕީޖީ

ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ...

ފަސޭހަކަމާއެކު މީދޫ ބަލިކޮށް ހިތަދޫއިން ފައިނަލްގެ އުއްމީދު އާކޮށްފި

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު  ހިތަދޫއާއި އާއި މީދޫ ...

ޝެއިހް ހަސީނާ ރާއްޖެ ވަޑައިގެން

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ވަޑައިގެންފިއެވެ. އެކަމަނާ ރާއްޖެއަށް ވަޑައިގަތުމުން އެކަމަނާ އަށް މަރުހަބާ ދެންނެވީ، ފޮރިން ...