ޤާސިމް، ނަޝީދު އަދި މައުމޫނަކީވެސް ރައްޔިތުން ޓެސްޓްކޮށް، ފެއިލްވެފައިވާ ތިން ޕްރޮޑަކްޓު – ނާޒިމް

ޤާސިމް އާއި ނަޝީދު އަދި މައުމޫނަކީވެސް ރައްޔިތުން ޓެސްޓްކޮށް، ފެއިލްވެފައިވާ ތިން ޕްރޮޑަކްޓުކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ގެ “އެންމެ ފުރަތަމަ ޤައުމު” ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން، އިދިކޮޅު ލީޑާޝިޕަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުން ވިދާޅުވީ، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ގާސިމް އިބްރާހިމަކީ ރައްޔިތުން “ޓެސްޓުކޮށްފައިވާ ތިން ޕްރޮޑަކްޓު” ކަމަށާއި “އެ ތިންޕްރޮޑަކްޓަކީ ފެއިލްވެފައިވާ ތިން ޕްރޮޑަކްޓު” ކަމަށެވެ.

އަދި އިތުރަށް ވިދާޅުވީ އެތިން ލީޑަރޝިޕަށްވެސް ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު ފެއިލްވެފައވާކަން ސާބިތުކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ ރިޔާސީ އިންތިޚާބު ފެށެން ހަ މަހަށްވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރުވެސް އަދިވެސް އޮޕޮޒިޝަނުން ކެންޑިޑޭޓަކު ނުނެރެވިގެން އުޅޭކަމީ އެކަމުގެ ދަލީލު ކަމަށެވެ.

މި ޕްރޮގްރާމުގައި، ޤައުމެއްގެ ރައްޔިތުން އިންތިހާބުކޮށްފައިހުރި ވެރިއަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އަސާސްކަމަށް ފާހަގަކުރައްވަމުން މިނިސްޓަރ ޏާޒިމް ވިދާޅުވީ، އެހެން ނަމަވެސް މިއަދު ރާއްޖެއިން ފެނިގެން މިދަނީ ރާއްޖޭގެ ރައްޔިތުން އިންތިޚާބަކުން ހޮއްވަވާފައި ހުންނެވި ރައީސް އިންތިޚާބަކައިވެސް ނުލައި މަޤާމުން ދުރުކުރުމަށް ގޮވާލަމުންދާ މަންޒަރު ކަމަށެވެ.

އަދި މިހާރު ރާއްޖޭގެ ސިޔާސީ މަޞްރަޙު އޮތް ހަލަބޮލިކަމަށް ނަޒަރު ހިންގަވާ ލައްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، ޤައުމެއްގެ ހަޔާތުގައި އަންނާނެ އެންމެ ބިރުވެރިކަމަކީ އެގައުމެއްގެ އަދުލު އިންސާފުގެ ނިޒާމު ފުނޑާލުންކަމަށާއި އެކަމުގެ ސަބަބުން ގައުމުގައި ބިރުވެރިކަން އުފެދި މުޅި ދުނިޔޭގައިވެސް ގައުމާމެދު މީހުން ދެކޭ ގޮތް ބަދަލުވެގެން ގޮސް، ގޯސް ގޮތެއްގައި ވިސްނުމުގެ ޖާގަ ދެވޭ ކަމަށެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫނާއި ގާސިމްގެ ތާއީދާއެކު ނޫންތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، ރައިސް ޔާމީން ހޮއްވެވީ ދިވެހި ރައްޔިތުން ކަމަށާއި، އެއީ ރައީސް ޔާމީން ގެ މެނިފެސްޓޯއަށް އާއެކޭ ބުނަމުން އެމްޑީޕީގެ ވެރިކަމަށް ނޫނެކޭ ބުނަމުން ކަމަށެވެ.

އަދި ވިދާޅުވީ ސަރުކާރާއެކު ހުރުމަށް ފަހު ޤާސިމް އިދިކޮޅާއި ގުޅުނީ ސަރުކާރު ތެރެއިން އޭނާ ބޭނުންވާ ގޮތަށް ކަންކަން ޙާޞިލް ނުކުރެވުމުން ކަމަށެވެ.

މި ޕްރޮގްރާމްގައި މިނިސްޓަރ ދެން ވިދާޅުވީ، ގައުމަކަށް ލިބޭނެ އެންމެ ބޮޑު ހިތްދަތި ކަމަކީ ރައްޔިތުން އިންތިޚާބުކޮށްފައި ހުރި ވެރިޔަކު ވެރިކަމުން ދުރުކުރުން ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ކޮވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީގެ ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން މިއަދު ހެނދުނު ...

އިތުރު 11 މީހަކު މީދުން ކޮވިޑް 19 އަށް ފައްސިވެއްޖެ

ސ.މީދުން އިތުރު 11 މީހަކު  ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި  މީދުން އިތުރަށް ފައްސިވި ...

އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން: ރައީސް ސޯލިހު

އިތުރު ފުރަބަންދަކަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙު ...