އައްޑޫގައި ކޮވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީގެ ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން މިއަދު ހެނދުނު 7:50 ހާއިރު ނިޔާވެފައިވަނީ އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެކެވެ އަދި ނިޔާވި މީހާއަކީ ކޮވިޑް ބަލީގައި ޙާލު ބޮޑުވެގެން މިދިޔަ މަހުގެ 26 ވަނަ ދުވަހު ފުވައްމުލައް ސިޓީން އައްޑު ސިޓީގެ ކޮވިޑް މެޑިކަލް ފެސިލިޓީއަށް ގެންސްގެ ފަރުވާ ދެމުންދިޔަ މީހެއްކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

މިއީ އައްޑޫ ސިޓީގައި މިބަލިޖެހިން ނިޔާވި 4 ވަނަ މީހާއެވެ. އަދި ރާއްޖޭގައި ކޮވިޑްޖެހިގެން ނިޔާވި 233 ވަނަ މީހާއެވެ.

ކޮވިޑް ބަލީގައި މިމަހުގެ 4 ވަނަ ދުވަހުވެސް ރާއްޖެއިން މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ކުޑަވަމުން އަންނައިރު ބަލީގައި ބޮޑުވަރުވާ މީހުންގެ ޢަދަދުވެސް އަންނަނީ ދަށްވަމުންނެވެ. އެގޮތުން އެންމެފަހުން އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 15 މީހަކަށެވެ.

ބަލީގައި ބޮޑުވަރުވާ މީހުންގެ ޢަދަދު ދަށަށް ދަނީ ވެކްސިންގެ ސަބަބުންކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. އަދި މިކަމުގެ އިތުރު ދިރާސާތައް ކުރަންޖެހޭކަންވެސް އެއިދާރާއިން ފާހަގަކުރައްވައެވެ.

މަސްދަރު : ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކައުންސިލްތަކަށް ލޯނު ނަގައި ލޯނު ދޫކުރެވޭ ގޮތް ހަދައިފި

ލޯކަލް ކައުންސިލްތަކުން ޒިންމާވާ ގޮތަށް ލޯން ނެގޭނެ ގޮތް ފަހިކުރުމަށްޓަކައި މާލިއްޔަތުގެ ގާނޫނަށް ރާއްޖެ މަޖިލީހުން އިސްލާހު ގެނައި ...

ސިޓީ ކައުންސިލްތަކުގެ ބާރު ސަރުކާރުން ނަގަން ޖެހުނީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކުގައި ދަތިތަކެއް ހުރުމުން – ރައީސް

ސިޓީ ކައުންސިލްތަކުގެ ބާރު ސަރުކާރުން ނަގަން ޖެހުނީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކުގައި ދަތިތަކެއް ހުރުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ...

ކޮމަންޑޫ ދާއިރާގެ މެމްބަރު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ އެވެ މެމްބަރުން ހުސެއިން އަވަހާރަވީ ރޭ 1:25 ...