އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން: ރައީސް ސޯލިހު

އިތުރު ފުރަބަންދަކަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙު މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ޞާލިޙު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނި ކޮވިޑް-19 ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާ ކަމުގައެވެ. މިފަދައިން ރައީސް ވިދާޅުވެފައިވާއިރު އިއްޔެ 215 މީހުން ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމުގައި އެޗްޕީއިން ހާމަކުރިއެވެ. އޭގެ ތެރެއިން 149 މީހުންނަކީ ދިވެހިން ކަމުގައިވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.ބަންގުލަދޭޝަށް ނިސްބަތްވާ 54 މީހުންނާއި، 7 އިންޑިޔާ މީހުންނާއި، ލަންކާ ދެމީހެއްގެ އިތުރަށް، ނޭޕާލު ދެމީހުންނާއި އިންޑޮނޭޝިޔާގެ އެކަކުވެސް މިއަދު ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވިއެވެ.

އަދި ކޮވިޑް-19 ބަލީގައި ހޮސްޕިޓަލުގައި ފަރުވާކުރަންޖެހޭ މީހުންގެ ޢަދަދުވެސް ވަރަށް ބޮޑަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިވަގުތު 84 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާކުރަމުންނެވެ.

ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ ބަލި ފެތުރުން ކޮންޓުރޯލުކުރުމަށްޓަކައި ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ. އަދި ރައީސް ސޯލިހުވަނީ އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އެދިވަޑައިގެންފައެވެ. އަދި ހުރިހާ އެންމެންގެ އެއްބާރުލުންވެސް ވަރަށް މުހިއްމު ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

އަދި އިތުރު އައު ފުރަބަންދަކަށް ދިއުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމުގައިވެސް ރައީސް ސޯލިހުވަނީ ވިދާޅުވެފައެވެ. މީގެ ކުރިން ބޯޑަރު ބަންދުކޮށް މާލޭގައި ގާތްގަނޑަކަށް 2 މަސްދުވަހުގެ ފުރަބަންދު ސަރުކާރުންވަނީ ހިންގާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއާއި އިންޑިއާއާ ދެމެދު 6 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު 6 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

ފޮޓޯއިން ޚަބަރު: ކޮވިޑް19 – ދަތުރުވެރީންގެ ޓެމްޕްރޭޗަރ ޗެކްކުރުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނި މިހާރު މުޅި ދުނިޔޭގައި ފެތުރިގެން އުޅޭ ކްރޯނާވައިރަސް ނުވަތަ ކޯވިޑް19 އަށް ...

ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުގައި ތިނަދޫއަށް ސިޓީގެ ދަރަޖަ ހައްގު!

ގދ ތިނަދޫއަށް ސިޓީގެ ދަރަޖަ ދޭން ފެންނަ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ...