ހުޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލާ ހިއްސާކޮށްފި

އައްޑޫސިޓީ ކައުންސިލުގެ ފަރާތުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ހުޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލާ ހިއްސާކޮށް، ރައްޔިތުންގެ ޝުޢޫރު ފާޅުކޮށްފިއެވެ.

ކައުންސިލްގެ ފަރާތުން ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު ހޯދުމުގެ ގޮތުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާއެކު ބައްދަލުކުރުމަށް ވިލާކޮލެޖްގައި  ބޭއްވި ބައްދަލުވުމުގައި ހުޅުދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އަޑުއުފުލާފައިވަނީ ހުޅުދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ޕޯސްޓް ހަރުކޮށް ދިއްލޭނެ އިންތިޒާމް ހަމަނުޖެހި ގިނަ ދުވަސްތަކެއްވުމެވެ.

އަދި މީގެ އިތުރަށް “ސަރުކާރު ގަބޫލްނުކުރާ ކައުންސިލެއް ގަބޫލް ނުކުރާނަން ” ލިޔެފައިވާ ބޭނާއެއް ބައްދަލުވުން ހިގަމުންދިޔައިރު ކައުންސިލް މެމްބަރުންގެ ފަހަތުގައި ހުޅުދޫ ޒުވާނުން ހިފައިގެން ތިބިއެވެ.

މި ބައްދަލުވުމުގައި އަޑުއުފުލި ފަރާތްތަކުން، ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބޭނުންނުހިފި ދިގުދެމިގެންދާކަން ފާހަގަކޮށް އެކަމަށްޓަކައި ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވަނީ ސުވާލުކޮށްފައެވެ.

ހުޅުދޫ ރައްޔިތުންގެ މިކަންބޮޑުވުންތަކުގެ އަޑު އަހައި ރައްޔިތުންގެ ސުވާލުތަކަށް މޭޔަރ އަބްދުﷲ ޞާދިޤް، ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް، ފޭދޫ ދާއިރާގެ ކައުންސިލަރ ޢަލީ ފަޙްމީ އަދި މީދޫ އަދި މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރ ހުސައިން ހިޔާޟް ވަނީޖަވާބުދެއްވާފައެވެ.

ހުޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތަކައް ޖަވާބުދެއްވަމުން މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުން ބަލައިގަންނާނީ އުފަލާއެކު ކަމަށެވެ. މޭޔަރ ވިދާޅުވިގޮތުގައި ކައުންސިލުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ކަންކަން ރާވައި ކުރިއަށް ގެންދިއުމަށްކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ދިމާވާ މައްސަލަތައް ކައުންސިލާ ހިއްސާކުރުމަކީ ކަންކަން ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެކަމެށެވެ.

ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި އެކަމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކައުންސިލް އިދާރާއަށް ދާދިފަހުންވަނީ ކޮމްޕްލެއިންޓްސް މެނޭޖްމެންޓް ސްފްޓެވެއަރ ގަނެފައެވެ. އަދި މިސޮފްޓްވެއަރ ބޭނުންކުރުމުގެ ތަމްރީނުތައް މިހަފްތާގައި ވަނީ މުވައްޒަފުންނަށް ދެވިފައެވެ.

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ކޮންމެ އަހަރަކުވެސް ފާއިތުވި އަހަރު ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި، ޚަރަދުތަކާއި،ކައުންސިލުން ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކޮށް އެކަންކަމާއިގުޅޭގޮތުން ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމަށް ރައްޔިތުންނާއެކު ބައްދަލުވުންތައް ބާއްވައެވެ.

————————————————————————————

ނޯޓް: މަތީގައިވާ ލިއުމަކީ އައްޑޫސީޓީ ކައުންސިލް އިދާރާގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިއުމެއް

————————————————————————————

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގެ މޭޔަރަކަށް އަލީ ނިޒާރު ހޮވިވަޑައިގެންފި

އިއްޔެ ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކުރީގެ މަޖިލިސް މެންބަރު ...

މީދޫ ބަނދަރު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި

މީދޫ ބަނދަރު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މީދޫ ބަނދަރު ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ބަނދަރު ...

ރާއްޖެއިން އިތުރު 38 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 38 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހަކާއި ...