ތަށިބަރި ބަދަލު ކުރުމަކީ އެއްގެއިން އަނެއް ގެއަށް ބަލި ޓްރާންސްފާ ކުރުން: ޑރ. އަފްޒަލް

އެއް ގެއިން އަނެއް ގެއަށް ތަށި ބަރި ގެންދަމުން ދާކަން ފާހަގަ ކުރެވޭ ކަމަށާއި އެއީ މި ދުވަސްކޮޅު މަދު ކުރަން ޖެހޭ ކަމެއް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ރޭ ވިދާޅުވީ އެއް ގެއިން އަނެއް ގެއަށް ތަށި ބަރި ބަދަލުކުރެވޭނަމަ  އެއީ ބަލި ފެތުރޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމަކީ މިވަގުތަށް ހުއްޓާލަން ޖެހޭ ކަމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކޮންމެހެން ޖެހިގެން ނޫނިއްޔާ މި ދުވަސްކޮޅު ގޭގެއަށް ތަށިބަރި ގެންދިއުން މަޑުޖައްސާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަފްޒަލް އިތުރަށް ވިދާޅުވީ ތަށިބަރި ގެންދިއުން ހުއްޓުވިއްޖެ ނަމަ އެއް ގެއިން އަނެއް ގެއަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ކޮންޓެކްޓުންގެ އަދަދު ވަނީ ލޮކްޑައުންއާއި ގުޅިގެން މަދުވެފައި ކަމަށެވެ.

ރޭ ބޭއްވުނު ނޫސްވެރީންގެ ބައްދަލުވުމުގައި ގެއިން ބޭރަށް ނުކުމެ އުޅޭ މީހުންގެ ފަރާތުމް  މީހުން ދިރިއުޅޭ ގޭބިސީތަކަށް ކޮވިޑް 19 ގެ ވައިރަސް ވަންނަން ފަށާފައިިވާ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެފައިވެއެވެ. އެހެންކަމުން ކޮންމެހެން މުހިއްމުކަމެއް ޖެހިގެން ނޫނިއްޔާ މި ދުވަސްކޮޅު ގޭގެއަށް ތަށިބަރި ގެންދިއުން މަޑުޖައްސާލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީން އިއްޔެ ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް

ކޮވިޑްގެ ހާލަތުގެ ސަބަބުން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް އައްޑޫ ސިޓީގެ ހުރިހާ ރަށަކުން އިއްޔެ ނެގުނު ހުރިހާ ...

މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން

މިއަދު ( 02 ސެޕްޓެމްބަރ 2022 ވަނަ ދުވަހު )  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ...

ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު: ނަޝީދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު ...