ބެސްޓް ފުޓްސެލް މުބާރާތް 2018 – ޑީއެފްސީ ސެމީފައިނަލަށް

ހުޅުމީދޫ ޕޮލިސް ދަނޑުގައި މިހާރު ކުރިއަށްދާ ބެސްޓް ފުޓްސެލް މުބާރާތް 2018 ގައި މިރޭ ކުޅެވުނު ފުރަތަމަ މެޗް މީދޫ ޑީއެފްސީ ކާމިޔާބުކޮށް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

މިރޭ ކުޅެވުނު މިމެޗް ޑީއެފްސީ ކާމިޔާބުކޮށްފައިވަނީ ގައުމު އެފްސީއާއި ބައްދަލުކޮށް 4 ލަނޑު 3 ލަނޑުން މޮޅުވެގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެފްސީއަށް މިމެޗްގައި ދެލަނޑު ކާމިޔާބުކޮށްދިން ވަޖީހުއެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި ތިންޓީމު ހިމެނޭއިރު މިރޭގެ މެޗުން ގައުމު އެފްސީ ބަލިވުމުން  އެޓީމަށް މިމުބާރާތުގެ ސެމީފައިނަލަށް ދެވެން އޮތީ އެޓީމު ދެން ކުޅެންޖެހޭ މެޗްގައި ޝަންގްރިއްލާ ބަލިކޮށް ތިން ޕޮއިންޓް ހޯދައިގެންނެވެ.

ގައުމު އެފްސީއާއި ޝަންގްރިއްލާ ބައްދަލުކުރާ މެޗް އެއްވަރުވިޔަސް ސެމީފައިނަލަށް ނުހޮވި ގައުމު އެފްސީ މުބާރާތުން ކަޓާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޔާކަޕް 2019: މީދޫ ދަނޑުގައި މީދޫ ގައުމު އެފްސީ 5 ލަނޑު 1 ލަނޑުން ބަލިކޮށް ހިތަދޫ ކްލަބްރިވެރިން ފައިނަލަށް

މީދޫ ގައުމު އެފްސީ ބަލިކޮށް ހިތަދޫ ކްލަބް ރިވެރިން ސިޔާކަޕް  ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ. ސިޔާކަޕް ...

ސްޕެނިޝް ސުޕަ ކަޕް: އެތުލެޓިކޯ ބަލިކޮށް ރެއާލުން ސުޕަ ކަޕްގެ ފައިނަލަށް

އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ގެ ފައިނަލަށް ރެއާލްމެޑްރިޑް ދަތުރުކޮށްފިއެވެ. ސައުދީ އަރަބިއްޔާގައި ކުޅުނު ފޯރިގަދަ ...

ހިތަދޫ ބަލިކޮށް މަރަދޫއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ” ފުޓްބޯޅަ މުބާރާތުގައި ...