ބެސްޓް ފުޓްސެލް މުބާރާތް 2018 – ޑީއެފްސީ ސެމީފައިނަލަށް

ހުޅުމީދޫ ޕޮލިސް ދަނޑުގައި މިހާރު ކުރިއަށްދާ ބެސްޓް ފުޓްސެލް މުބާރާތް 2018 ގައި މިރޭ ކުޅެވުނު ފުރަތަމަ މެޗް މީދޫ ޑީއެފްސީ ކާމިޔާބުކޮށް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

މިރޭ ކުޅެވުނު މިމެޗް ޑީއެފްސީ ކާމިޔާބުކޮށްފައިވަނީ ގައުމު އެފްސީއާއި ބައްދަލުކޮށް 4 ލަނޑު 3 ލަނޑުން މޮޅުވެގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެފްސީއަށް މިމެޗްގައި ދެލަނޑު ކާމިޔާބުކޮށްދިން ވަޖީހުއެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި ތިންޓީމު ހިމެނޭއިރު މިރޭގެ މެޗުން ގައުމު އެފްސީ ބަލިވުމުން  އެޓީމަށް މިމުބާރާތުގެ ސެމީފައިނަލަށް ދެވެން އޮތީ އެޓީމު ދެން ކުޅެންޖެހޭ މެޗްގައި ޝަންގްރިއްލާ ބަލިކޮށް ތިން ޕޮއިންޓް ހޯދައިގެންނެވެ.

ގައުމު އެފްސީއާއި ޝަންގްރިއްލާ ބައްދަލުކުރާ މެޗް އެއްވަރުވިޔަސް ސެމީފައިނަލަށް ނުހޮވި ގައުމު އެފްސީ މުބާރާތުން ކަޓާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަން ކަޕް ފުޓްސަލް 2018 މިއަދު ހަވީރު ފަށައިފި- ފުރަތަމަމެޗް ކާމިޔާބުކުރީ ތައްލިހި އެފްސީ

މިނިވަން ކަޕް ފުޓްސަލް 2018 މިއަދު ހަވީރު ފަށައިފިއެވެ. މިމުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ހުޅުދޫ ފުޓްސަލް ...

ޖަޕާނުން ސްޕެއިން ބަލިކުރިއިރު ޖަރުމަނު މުބާރާތުން ކަޓައިފި

ފީފާ ވޯލްޑް ކަޕުގައި ޖަޕާނުން ފުޓްބޯޅައިގެ ގަދަބާރު ސްޕެއިން ބަލިކުރިއިރު ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނު ޖެހިޖެހިގެން ދެ ...

އާސެނަލް ބަލިކޮށް ޔޫރަޕާ ލީގުގެ ފައިނަލަށް އެތުލެޓިކޯ ދަތުރުކޮށްފި

އާސެނަލް 1 ލަނޑު 0 ލަނޑުން ބަލިކޮށް ޔޫރަޕާ ލީގުގެ ފައިނަލަށް އެތްލެޓިކޯ  މެޑްރިޑް ދަތުރުކޮށްފިއެވެ. ސެމީފައިނަލްގެ ފުރަތަމަ ...