އައްޑޫ ސިޓީ މީދޫއާއި ހުޅުމީދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީދޫއާއި ހުޅުމީދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތްފަށާފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުދޫއިން 11.7 ހެކްޓަރުގެ ބިން ހިއްކާނެކަމަށާއި އަދި މީދޫއިން 20.6 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މީގެއިތުރުން 5 ހެކްޓަރުގެ ދެ ރަށާއި، ގޮނޑު ދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އައްޑޫ ސިޓީ މީދޫއާއި ހުޅުމީދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އަދި މި މަސައްކަތަށް 180 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކޮމެންޓްސް (0)