ސައުދީ ސްޕަކަޕް: އަލް ހިލާލުން ޗެންޕިއަންކަން ހޯދައިފި

ސައުދީ ސުޕަކަޕްގެ ޗެމްޕިއަންކަން އަލް ހިލާލުން ހޯދައިފި އެވެ.

އަލް ހިލާލް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އަލް އިއްތިހާދު 4 ލަނޑު 1 ލަނޑުން ބަލިކުރުމަށްފަހުއެވެ.

އަލް ހިލާލް ފައިނަލުން ޖާގަ ހޯދައިފި ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އަލް ނަސްރު ބަލިކުރުމަށްފަހު އެވެ. އަދި އަލް އިއްތިހާދު ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި އަލް ވެހްދާ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. 

ފައިނަލްމެޗްގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް ހިލާލުން ނެވެ. މިލަނޑު މެޗު ފެށިގެން ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް އެވެ. މިއީ އެޓީމުގެ ސާލިހު އަލް ޝެހްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލް އިއްތިހާދުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ފޯވާޑް އަބްދުއްރައްޒާކް ހަމްދުﷲ އެވެ. މިއީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި އޭނާ ފޮނުވާލި ބޯޅަ އަލް ހިލާލްގެ ކީޕަރު ބޯނޯ އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލް ހިލާލުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސަލީމް އަލް ދައުސަރީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގެ ކުޅުމުގައިވެސް ވަރުގަދަކޮށް ފެނިގެންދިޔައީ އަލް ހިލާލެވެ. މިގޮތުން އަލް ހިލާލުގެ ކަމިޔާބުކުރި ތިންވަނަ ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް އެވެ. މިއީ އެޓީމުގެ ސާބިއާ މިޑްފިލްޑަރު ސާޖް މިލިންކޮވިޗް-ސަވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ ކާމިޔާބުކުރި 6 ވަނަ ލަނޑެވެ.

މިމެޗުގައި އަލް ހިލާލުން ކަމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސަލީމް އަލް ދައުސަރީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

މިދެޓީމު އެންމެ ފަހުން ކުޅުނު 22 މެޗުގެ ތެރެއިިން 18 މެޗުން އަލް ހިލާލް މޮޅުވެފައިވާއިރު އަނެއް ހަތަރު މެޗު ނިމިފައިވަނީ ދެޓީމް އެއްވަރުވެގެންނެވެ. އަދި އެންމެ ފަހުން އަލް ހިލާލް އަތުން އަލް އިއްތިހާދު މޮޅުވެފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމެރިކާ ބަލިކޮށް ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ނެދަލެންޑްސްއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އެމެރިކާ ބަލިކޮށް ނެދަލެންޑްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ...

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  –  ރޭ ކުޅެވުނު ދެމެޗްވެސް އެއްވަރު

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި ...

ސްޕެއިނާއި ޖަރުމަނު ޕޮއިންޓަކުން ފުއްދާލިއިރު ކްރޮއޭޝިއާއިން ކެނެޑާ ބަލިކޮށްފި

ވޯލްޑް ކަޕް 2022 ގައި ތަރިންގެ ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗު އެއްވަރުވެ ޕޮއިންޓަކުން ފުއްދާލިއިރު ފަހަތުން އަރާ ...