ސްޕެއިނާއި ޖަރުމަނު ޕޮއިންޓަކުން ފުއްދާލިއިރު ކްރޮއޭޝިއާއިން ކެނެޑާ ބަލިކޮށްފި

ވޯލްޑް ކަޕް 2022 ގައި ތަރިންގެ ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗު އެއްވަރުވެ ޕޮއިންޓަކުން ފުއްދާލިއިރު ފަހަތުން އަރާ ކެނެޑާ ބަލިކޮށް ކްރޮއޭޝިއާއިން ފެންވަރު ދައްކާލައިފި އެވެ.

ފުރަތަމަ މެޗުގައި ޖަޕާން އަތުން ބަލިވި ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މިމެޗު 1 – 1 ން އެއްވަރުވުމާއެކު ޖަރުމަނުން ވޯލްޑްކަޕް ތާރީހުގައި އެގައުމު ފުރަތަމަ ކުޅުނު ދެމެޗުން މޮޅެއް ނުލިބި ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ޖަރުމަނާއި ސްޕޭން ބައްދަލުކުރި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިނުން ކުޅުނު ނަމަވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތައް އުފައްދާފައިވަނީ ޖަރުމަނުންނެވެ. އެކަމަކު މެޗުގައި ފުރަތަމަ ލީޑު ނެގީ ސްޕެއިނުންނެވެ. ސްޕެއިނަލަށް ލީޑު ނަގައި ދިނީ 62 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާކާނިޔާބުކޮށްދިން ލަނޑުންނެވެ،

ނަމަވެސް މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށްވެފައިވަނިކޮށް ޖަރުމަނުގެ ނިކްލަސް ފުލްކްރަގް ވަނީ ޖަރުމަނު ސަލާމަތްކޮށްދީފަ އެވެ. މިމެޗް އެއްވަރު ވެގެން ނިމުމުން ގްރޫޕް އީގެ މެޗްތައް މިވަނީ އިތުރަށް ފޯރިގަދަވެފަ އެވެ. އެއްވަނައިގައި 4 ޕޮއިންޓާއެކު ސްޕެއިން އޮތްއިރު ދެވަނައިގައި 3 ޕޮއިންޓާއެކު އޮތީ ޖަޕާނެވެ.

ތިންވަނައިގައި 3 ޕޮއިންޓާއެކު ކޮސްޓަ ރިކާ އޮތްއިރު ޖަޕާނަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ފުލުގައި އޮތް ޖަރުމަނަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. ބުރާސްފަތި ދުވަހު ގްރޫޕުގެ ފަހު މެޗުގައި ޖަރުމަނުން ކޮސްޓަ ރިކާއާ ދެކޮޅަށް ނުކުންނައިރު ސްޕެއިނުން ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ.

އާދީއްތަ ދުވަހުގެ ރޭ ކްރޮއޭޝިޔާއާއި ކެނެޑާ ބައްދަލުކުރި މެޗުގައި ކްރޮއޭޝިއާއިން ވަނީ ކެނެޑާ ލަނޑެއް ޖަހާ ލީޑު ހޯދާފައިވަނިކޮށް ފަހަތުން އަރާ ކެނެޑާ ބަލިކޮށްފަ އެވެ. 4 – 1 ން ކްރޮއޭޝިއާ މޮޅުވި މިމެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ ކްރަމަރިޗް 2 ލަނޑު އަދި ލިވާޖާއާއި މަޖާރ ވަނީ ލަނޑެއް ޖަހާފަ އެވެ.

ކްރޮއޭޝިއާއި ކެނެެޑާ ބައްދަލުކުރި މެޗްގެ ތެރެއިން

ކެނެޑާގެ ހަމައެކަނި ގޯލު 2 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލްފޮންސޯ ޑޭވިސް އެވެ. ޑޭވިސް ވެގެންގޮސްފައިވަނީ ވޯލްޑްކަޕެއްގައި ކެނެޑާއަށް ލަނޑެއް ޖަހައިދިން ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

މިއަދު ހަވީރު ކުޅެވުނު މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ މެޗުގައި ހިތަދޫ ސްކޫލް ...

މީދޫ ޓާފް ދަނޑު ހުޅުވައިފި

މީދޫގައި ސަރުކާރުން ތަރައްގީ ކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދަނޑު ...

ހުޅުދޫޓީމް ފައިބައިގެން ހުއްޓާލި ހުޅުދޫ ، މީދޫ މެޗުން މޮޅުވީ މީދޫޓީމްކަމަށް ކަނޑައަޅައިފި

އައްޑޫސިޓީގެ ޒުވާނުންގެ މެދުގައި މިހާރު ބާއްވަމުން އަންނަ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ...