ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  –  ރޭ ކުޅެވުނު ދެމެޗްވެސް އެއްވަރު

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި  ރޭ ކުޅުނު ދެމެޗްވެސް އެއްވަރުވެގެން ނިމިއްޖެވެ.

ރޭ މީދޫ ފުޓްސަލް ދަނޑުގައި  ކުޅެވުނު ފުރަތަމަމެޗްގައި ބައްދަލުކުރީ ހިތަދޫ މައިލޯސިޓީ އެފްސީއާއި މަރަދޫ އެފްސީ އަފިރިން އެވެ. މިމެޗް އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައިވާއިރު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މައިލޯ ސިޓީގެ ހާޒިމް ފައުޒީއެވެ. ހާޒިމް ފައުޒީއަކީ ހުޅުދޫގައި މިދިޔަ މަހު ބޭއްވި މިނިވަން ކަޕް ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

މޮޅު ކުޅުންތެރިއަކަށް ހޮވުނު ހާޒިމް ފައުޒީއަށް އިނާމް ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރި މެހުމާނު އަމީނު ހާނީއެވެ.   

ރޭ ކުޅެވުނު ދެވަނަމެޗްގައި ބައްދަލުކުރީ ހިތަދޫ އެފްސީ ޒެފިޔާއާއި ހިތަދޫ އެފްސީ އުސްގަޑެވެ.

ސާއިފް ޒަރީރު ޝަރަފްވެރިކޮށްދެއްވި މިމެޗްވެސް ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޝާޝް ރަފީފެވެ.

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – އެފްސީ ޒެފިޔާއާއި އެފްސީ އުސްގަޑަ ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިޔާ: ޝާޝް ރަފީފް

ބެސްޓް ސެލެކްޝަން ކޮމްޕެނީ މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ހަމަޖެހިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. ގެ ފާއިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނައަޕްޓީމަށް 10،000ރ. ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެޗްތައް ކުޅެމުންދަނީ ދެގްރޫޕަކަށް ބަހާލައިގެންނެވެ. މިގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅުވާ ދެޓީމް ސެމިފައިނަލަށް ހޮވޭގޮތައް ހަމަޖެހިފައިވާއިރު ސެމީފައިނަލްގެ ފުރަތަމަމެޗްގައި އެއްކޮޅުން ބައްދަލުކުރާ ޓީމަށް ހަމަޖެހިފައިވަނީ ގްރޫޕްގެ އެއްވަނަ ޓީމެވެ. އަދި ސެމީފައިނަލްގެ ދެވަނަ މެޗްގައި އެއްކޮޅުން ބައްދަލުކުރާނީ ގްރޫޕްބީގެ އެއްވަނަ ޓީމެވެ.  އަދި މީގެ  އިތުރަށް ކޮންމެ ގްރޫޕަކުން 2 ވަނަ އަދި ތިންވަނަ ޓީމް ހޮވޭނީ ކްއާޓާފައިނަލަށެވެ.

ކްއާޓާފައިނަލްގެ ފުރަތަމަ މެޗަގައި ބައްދަލުކުރާގޮތައް ހަމަޖެހިފައިވަނީ  ގްރޫޕް އޭ ގެ 2 ވަނަ ޓީމާއި ގްރޫޕް ބީގެ ތިންވަނަ ޓީމެވެ. މިމެޗުން މޮޅުވާޓީމެއް ސެމީފައިނަލްގައި ބައްދަލުކުރާނީ  އޭ ގްރޫޕްގެ އެއްވަނަ ހޯދައިގެން ސެމީފައިނަލަށް ހޮވޭޓީމާއެވެ.  

ކްއާޓާފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމާއި ގްރޫޕް އޭގެ ތިންވަނަ ޓީމެވެ. މިމެޗުން މޮޅުވާޓީމެއް ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީން އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވޭޓީމާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ރާވެރިބޭ ކޮއްތުވެނި” ފުޑުކޯޓުތައް ރައީސް ހުޅުއްވާދެއްވައިފި

މާލޭ ހުޅަނގުފަރާތުގައި ސަރުކާރުން ތަރައްޤީކުރީ ޒަމާނީ ފުޑުކޯޓުތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ...

ފަސޭހަކަމާއެކު މީދޫ ބަލިކޮށް ހިތަދޫއިން ފައިނަލްގެ އުއްމީދު އާކޮށްފި

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު  ހިތަދޫއާއި އާއި މީދޫ ...

މިނިވަންކަޕް ފުޓްސަލް މުބާރާތް 2019 : ފައިނަލަށް ރެސޯޓްބޯއިސްއާއި ތައްލިހި

މިނިވަންކަޕް ފުޓްސަލް މުބާރާތް 2019 ގެ ފައިނަލުން ރެސޯޓްބޯއިސްއާއި ތައްލި  ޖާގަހޯދައިފިއެވެ. ރެސޯޓްބޯއިސް ފައިނަލުން ޖާގަހޯދާފައިވަނީ މިރޭ ކުޅެވުނު ...