ޗައިނާ އިން ރާއްޖެ އަށް ގާތްގަނޑަކަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

މުއިއްޒުއާއި ސަރުކާރުގެ އިސް ވަފުދުން ޗައިނާއަށް ކުރި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ދެއްވި ޚާއްސަ ސްޓޭޓްމެންޓުގައި ރައީސް މުއިއްޒު އެވެ.

“މިހާރު ޗައިނާއިން ރާއްޖެއަށް 920 މިލިޔަން ޗައިނާ ރުފިޔާ، އެއީ ގާތްގަނޑަކަށް 130 މިލިޔަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީވަނީ ހަމަޖެހިފައި.” ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ފައިސާ ބޮޑަށް ބޭނުން ކުރާނީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކަމަށެވެ.

މިއީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ބޭރުގެ ގައުމަކުން ރާއްޖެއަށް ދިން ފުރަތަމަ ހިލޭ އެހީއެވެ. އެގޮތުން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ އެގައުމުގެ ރައީސް ޝީ ޖިންޕިންގ އާއި ބައްދަލުކުރައްވައި ރާއްޖޭގައި ހިންގަވަން ނިންމާފައިވާ މަޝްރޫއުތަކަށް އެގައުމުގެ އެހީ އަށް އެދިފައި އެވެ.

އަދި އެގައުމުގައި ވަނީ ޚާއްސަ އިންވެސްޓްމެންޓް ފޯރަމެއް ރާއްޖޭގެ ފަރާތުން ކުރިޔަށް ގެންގޮސްފައި އެވެ. މި ފޯރަމާއި އެކުވެސް ރާއްޖެއަށް ގިނަ އެހީތަކެއެް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – ރޭ ކުޅެވުނު މެޗްތައް ކާމިޔާބުކުރީ ގައުމުއެފްސީއާއި ދަކްރައުސް

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި ...

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސިޓީގެ ޑިއަސްއަށް

“ޕްރޮފެޝަނަލް ރައިޓާސް އެސޯސިސޭޝަން” އިން ހޮވި އެންމެ ފަހުން ނިމުނު އިގްލިޝް ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ...

މުލަ ރޯދަަ ދުވަހަކީ ހޯމަ ދުވަސްކަމަށް ކަނޑައަޅައިފި

މިއަހަރުގެ ރަމަޟާންމަހުގެ މުލަ ރޯދަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމުގައި ރަސްމީކޮށް ކަނޑައަޅައިފި އިއުލާންކޮށްފި އެވެ. އިސްލާމިކް ...