ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – ރޭ ކުޅެވުނު މެޗްތައް ކާމިޔާބުކުރީ ގައުމުއެފްސީއާއި ދަކްރައުސް

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި  ރޭ ކުޅުނު ފުރަތަމަ މެޗް ގައި ބައްދަލުކުރީ މީދޫ ގައުމު އެފްސީއާއި މީދޫ އެފްސީ އަޚުންއެވެ.  

ރޭ މީދޫ ފުޓްސަލް ދަނޑުގައި  ކުޅެވުނު މިމެޗް ގައުމު އެފްސީ ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ.  

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ  ގައުމު އެފްސީގެ މުހައްމަދު ޒާލިފްއެވެ.  

މޮޅު ކުޅުންތެރިއަކަށް ހޮވުނު ޒާލިފް އާއި  އިނާމް ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރި މެހުމާނާ މާނާ މުމްތާޒުއެވެ.  

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – ދަކްރައުސްއާއި މީދޫ ވެޓްރަންސް ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިޔާ: މުހައްމަދު ޒަޔަން ޒިއާދު

ރޭ ކުޅެވުނު ދެވަނަމެޗްގައި ބައްދަލުކުރީ މީދޫ ވެޓްރަންސްއާއި ފޭދޫ ދަކްރައުސްއެވެ.  

އަބްދުﷲ ވަސީމު ޝަރަފްވެރިކޮށްދެއްވި މިމެޗްވެސް 3 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ދަކްރައުސް އެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ދަކްރައުސްގެ މުހައްމަދު ޒަޔަން ޒިޔާދެވެ.

ބެސްޓް ސެލެކްޝަން ކޮމްޕެނީ މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ހަމަޖެހިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. ގެ ފާއިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނައަޕްޓީމަށް 10،000ރ. ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެޗްތައް ކުޅެމުންދަނީ ދެގްރޫޕަކަށް ބަހާލައިގެންނެވެ. މިގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅުވާ ދެޓީމް ސެމިފައިނަލަށް ހޮވޭގޮތައް ހަމަޖެހިފައިވާއިރު ސެމީފައިނަލްގެ ފުރަތަމަމެޗްގައި އެއްކޮޅުން ބައްދަލުކުރާ ޓީމަށް ހަމަޖެހިފައިވަނީ ގްރޫޕްގެ އެއްވަނަ ޓީމެވެ. އަދި ސެމީފައިނަލްގެ ދެވަނަ މެޗްގައި އެއްކޮޅުން ބައްދަލުކުރާނީ ގްރޫޕްބީގެ އެއްވަނަ ޓީމެވެ.  އަދި މީގެ  އިތުރަށް ކޮންމެ ގްރޫޕަކުން 2 ވަނަ އަދި ތިންވަނަ ޓީމް ހޮވޭނީ ކްއާޓާފައިނަލަށެވެ.

ކްއާޓާފައިނަލްގެ ފުރަތަމަ މެޗަގައި ބައްދަލުކުރާގޮތައް ހަމަޖެހިފައިވަނީ  ގްރޫޕް އޭ ގެ 2 ވަނަ ޓީމާއި ގްރޫޕް ބީގެ ތިންވަނަ ޓީމެވެ. މިމެޗުން މޮޅުވާޓީމެއް ސެމީފައިނަލްގައި ބައްދަލުކުރާނީ  އޭ ގްރޫޕްގެ އެއްވަނަ ހޯދައިގެން ސެމީފައިނަލަށް ހޮވޭޓީމާއެވެ.  

ކްއާޓާފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމާއި ގްރޫޕް އޭގެ ތިންވަނަ ޓީމެވެ. މިމެޗުން މޮޅުވާޓީމެއް ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީން އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވޭޓީމާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލައްކުގައި ދަންޖެހިގެން މީހަކު މަރުވެއްޖެ

ފުވައްމުލައްކުގައި މީހަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެއެވެ. ފުވައްމުލަކުން ދަންޖެހިގެން މަރުވެފައިވަނީ ދޫނޑިގަން/ ރުޝްދީ އަހުމަދު ނަމަކަށް ކިޔާ ...

ޕާޓީގެ އަސާސްތަކަށް އިހްތިރާމް ކުރުމަށް އެމްޑީޕީގެ ޒުވާނުން ގޮފިން ސަރުކާރަށް ގޮވާލައިފި

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އަސާސްތަކަށް އިހްތިރާމް ކުރުމަށް އެޕާޓީގެ ޒުވާނުން ގޮފީހެ ފަރާތުން ސަރުކާރަށް ގޮވާލައިފިއެވެ. އެމްޑީޕީގެ ...

އައްޑޫގައި ކޮވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީގެ ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން މިއަދު ހެނދުނު ...