އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާ ވާދަކޮށް 3-1 އަކުން މޮޅުވެ ސްވެންސީ ސިޓީ ރެލިގޭޝަން ޒޯނުން ސަލާމަތްވެއްޖެ އެވެ.

އާސެނަލްގެ ގޯލްކީޕަރު ޕީޓާ ޗެކަށް ރޭ ހެދުނު ގޯހަކުން ސްވެންސީގެ ޖޯޑަން އަޔޫ ވަނީ ފައިދާ ނަގައި ސްވެންސީ ސިޓީ އަށް ލީޑު ނަގާފަ އެވެ. އޭގެ ކުރިން 33 ވަނަ މިނެޓުގައި އޮޒިލް ތަނަވަސްކޮށްދިން ހިތްގައިމު ބޯޅައަކުން ނާޗޯ މޮންރެއާލް ވަނީ ލަނޑެއް ޖަހައި އާސެނަލް އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން ސްވެންސީގެ ކްލޫކަސް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ލަނޑެއް ޖަހައި ސްވެންސީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑުވެސް ޖަހާފައިވަނީ ކްލޫކަސް އެވެ.

ސްވެންސީއަށް ގެނައި އާ ކޯޗު ކާލޮސް ކަރަވަހާލްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓީމުގެ ފަރާތުން މިފަހުން ރަނގަޅު ކުޅުމެއް ފެންނަމުން އަންނަ އިރު، އެންމެ ފަހުން ސްވެންސީ ކުޅުނު އަށް މެޗުން އެ ޓީމް ބަލިވެފައިވަނީ އެންމެ ފަހަރެއްގައެވެ. އަދި ރޭ އާސެނަލް އަތުން ތިން ޕޮއިންޓް އަތުލައި އެ ޓީމް ވަނީ ތޭވީސް ޕޮއިންޓާއެކު ރެލިގޭޝަން ޒޯނުން ސަލާމަތްވެފަ އެވެ. ނަމަވެސް، ސްވެންސީގެ ބަދަލުގައި ރެލިގޭޝަން ޒޯނަށް ވެއްޓުނު ސްޓޯކް ސިޓީ އަށްވެސް ތޭވީސް ޕޮއިންޓް ލިބިފައިވުމުން، ސްވެންސީ އަދި މުޅިން ސަލާމަތެއް ނުވެ އެވެ.

އާސެނަލް އޮތީ 42 ޕޮއިންޓާއެކު ލީގުގެ ހަވަނައިގަ. ލީގުގެ އެއްވަނައިގަ އޮތީ 65 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓަރ ސިޓީ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޮނާލްޑޯއަށް ރަތްކާޑު ދެއްކިމެޗުން ޔުވެންޓަސް މޮޅުވެއްޖެ

ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ރޭ ރަށުން ބޭރުގައި ވެލެންސިއާ އާއި ބައްދަލުކޮށް 2-0 އިން މޮޅުވެއްޖެ އެވެ. ރޭ ...

ޗެމްޕިއަންސްލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ބަޔާންމިއުނިކް ސެމީއަށް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި 8 ލަނޑު 2 ލަނޑުގެ ބޮޑުތަފާތަކުން ބާސެލޯނާ ބަލިކުރުމަށްފަހު  ބަޔާން ...

ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ކަޓުވާލާ ސްވިޒަލޭންޑް ކުއާޓާއަށް

ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ޔޫރޯގެ ކުއާޓާފައިނަލަށް ސްވިޒަލޭންޑް ދަތުރުކޮށްފިއެވެ ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ...