ޗެމްޕިއަންސްލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ބަޔާންމިއުނިކް ސެމީއަށް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި 8 ލަނޑު 2 ލަނޑުގެ ބޮޑުތަފާތަކުން ބާސެލޯނާ ބަލިކުރުމަށްފަހު  ބަޔާން މިއުނިކް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބާސެލޯނާއާއި ބަޔާން މިއުނިކް ބައްދަލުކުރި މިމެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. ބަޔާނުން ލަނޑު ޖަހާ ލީޑު ނެގިތާ ތިން މިނެޓު ފަހުން އެޓީމުގެ ޑޭވިޑް އަލަބާ ފޮނުވާލި ބޯޅައެއް ބައިކޮޅަށް  ވަދެ މެޗުގެ ނަތީޖާ ވަނީ ހަމަހަމަވިއެވެ.

އޭގެ ފަހުން މެޗުގެ 22 ވަނަ މިނިޓްގައި އީވަން ޕެރިސިކް ވަނީ ލަނޑެއް ކާމިޔާބުކޮށް ބަޔާންއަށް ލީޑު ނަގައިދީފައެވެ. ބަޔާންގެ ތިންވަނަ ލަނޑު 27 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސާޖް ގްނެބްރީ އެވެ.

މެޗުގެ 31 ވަނަ މިނަޓް ތޯމަސްމުލާވަނީ  ބަޔާންގެ  ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗްގެ ލީޑު 4- 1 އަށް ބަދަލުކޮށްދީފައެވެ.

ބޮޑު ލީޑަކާއެކު ފުރަތަމަ ހާފް ބަޔާން އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ލުއިސް ސުއަރޭޒް ވަނީ ގޯލެއް ކާމިޔާބުކޮށްދީ ބާސާ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް މެޗުގެ 63 ވަނަ މިނެޓްގައި ބަޔާންގެ ފަސްވަނަ ގޯލު ކިމިޗް ކާމިޔާބުކޮށްދިންއިރު މެޗުގެ 82 ވަނަ މިނެޓްގައި އެޓީމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އެވެ.

ބަޔާން އިން މި މެޗުގައި ކާމިޔާބުކުރި ފަހު ދެ ގޯލު މެޗުގެ 85 ވަނަ މިނިޓާއި 89 ވަނަ މިނިޓްގައި  ކާމިޔާބުކޮށްދިނީ ލޯނެއްގެ ދަށުން ބާސާ އިން ބަޔާން އަށް ފޮނުވާލި ކުޓީނިއޯ އެވެ.

ޕޯޗުގަލްގެ ލިޒްބަންގައި ކުރިޔަށްދާ މިމުބާރާތުގެ ސެމީ ފައިނަލުގައި  ބަޔާން މިއުނިކް ބައްދަލުކުރާނީ މެންޗެސްޓާ ސިޓީ އާއި ލިޔޯން ކުޅޭ ކުއާޓާ ފައިނަލުގެ ފަހު މެޗުން މޮޅުވާ ޓީމަކާ އެވެ.

ފޮޓޯތައް: ބަޔާންމިއުނިކާއި ބާސެލޯނާ ބައްދަލުކުރި މެޗްގެ ތެރެއިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީ ތެރޭގައި މައްސަލައެއް ނޫޅޭ: ވަޙީދު

އެމްޑީޕީ ތެރޭގައި މައްސަލައެއް ނޫޅޭކަމަށްއެމްޑީޕީގެ ކޮންގްރެސް ހިންގާ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ފަލަސުރުޚީ ...

ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ކަންބޮޑުންތަކަށް ހައްލެއް

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ލިބޭގޮތަށް ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސަވާފައިވަނީ ސިއްހީ ...

މީދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ފޯމު ހުށަހަޅައިފި

ލޯކަލް ކައުންސިލް  އިންތިޚާބުގައި މީދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް ޝޫޒާ އާއި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ...