ޕިންކު ރިބަން ހިނގާލުން އަންނަ ހޮނިހިރު ދުވަހު ހުޅުމީދޫގައިވެސް  އޮންނާނެ

އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ރާއްޖޭގެ ކެންސަރު ސޮސައިޓީއިން ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން ކޮންމެ އަހަރަކު އޮކްޓޫބަރު މަހު ބާއްވަމުން އަންނަ ” ޕިންކް ރިބަން ރަން ވޯކް ” އަންނަ ހޮނިހިރު ( 14 އޮކްޓޯބަރ 2023 ) ދުވަހު ބާއްވަން އެ ސޮސައިޓި އިން ނިންމައިފި އެވެ.

ޕިންކް ރިބަން ހިނގާލުމަކީ އޭގައި ބައިވެރިވާ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ބާއްވާ ހަރަކާތެކެވެ. އެގޮތުން ޕިންކް ރިބަން ހިނގާލުމަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތްތަކުގެ ތެރެއިން އެއްފަހަރާ ގިނަ ރަށްރަށުގައި ބާއްވާ ހަމައެކަނި ހަރަކާތެވެ.

މިހަރަކާތް އަންނަ ހޮނިހިރުދުވަހު ފަށާނީ ހަވީރު 4:00 ގަ އެވެ. މި ހިނގުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާކަށް ނުޖެހޭނެއެވެ.

އެހެންނަމަވެސް ގުޅުވައިގެން އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ކެންސަރ ސޮސައިޓީގެ ފަރާތުން ފަންޑްރެއިޒިންގ ކުރުމުގެ ގޮތުން ބިބް ވިއްކުމަށްވަނީ ހަމަޖެހިފައެވެ . ބިބް ގަންނަން ބޭނުންވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު ތިރީގައި ދަންނަވާފައިވާ ފޯންނަމްބަރަށް ފައިސާ ޖަމާކުރި ސްލިޕް ވައިބަރ ކޮށްލަދެއްވާށެވެ.

އެކައުންޓް ނަމްބަރ : 773000588834

ފޯންނަމްބަރ: 7899759

ބިބްގެ އަގަކީ -/50 ރުފިޔާ

މީގެ އިތުރަށް ދުވުމުގައި ބޭނުންކުރާ ބިބް -/50 ރުފިޔާ އަށް މީދޫގައި ހުންނަ ސ.ހުޅުމީދޫ ސިއްހީމަރުކަޒުން ގަންނަން ލިބެން ހުންނާނެއެވެ.

ބިބް ވިއްކައިގެން ލިބޭ ހުރިހާ ފައިސާ އެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ކެންސާ ސޮސައިޓީ އަށެވެ.

 މި ފައިސާ ހަރަދުކުރެވޭނީ ކެންސަރުބަލި މީހުންނަށާއި ކެންސަރަށް ހޭލުންތެރިކުރުމަށް ކުރާ ތަފާތު މަސައްކަތްތަކަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު މި ބިބް ގަތުމަކީ އެ ސޮސައިޓީގެ އެދުމެކެވެ. އަދި ހޮނިހިރު ދުވަހު ބޭއްވޭ ހިގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީވެސް އެސޮސައިޓީގެ ވަރަށްބޮޑު އެދުމެކެވެ. 

” ހުޅުމީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ” ޕިންކް ރިބަން ރަން ވޯކް ” ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ( 14 އޮކްޓޯބަރ 2023 ) ހޮނިހިރު ދުވހު ހަވީރު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތިންނެވެ. މިހިގާލުމުގައި ވީހާވެސް ގިނަފަރާތްތަކަކުން ބައިވެރިވުމަކީ މިހިގާލުން އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.


ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން “ޕިންކް ރިބަން ރަން- ވޯކް” ބޭއްވުމަށް އެހީތެރިވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލްގެ އެހީއާއެކު މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގާ “ބީއެމްއެލް ކޮމިއުނިޓީ ފަންޑު”ގެ ދަށުން ށ. މާއުނގޫދޫގެ ބައެއް މަގު ބައްތިތައް ...

މާލެއިން 3 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން 3 ވަނަ ފަރާތެއް ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭ އިން ރިޕޯޓުކޮށްފިއެވެ. މާލެއިން ތިންވަނަ މީހެއް ...

ކުނިކޮށިން އަރަމުންދާ ބޯ ދުންތައް ރަށުގެ ބޮޑު ބަޔަކަށް ފެތުރި، އުނދަގޫތަކެއް  

ހުޅުމީދޫ ކުނިކޮށީގައިހުރި ކުނިތައް  ނައްތާލުމަށް އަލިފާން ޖެހުމުގެ  ސަބަބުން ރަށުތެރެއަށް  ދުމުގެ އަސަރުކޮށް ބޮޑެތި އުނދަގޫތަކާ ދަނީ ކުރިމަތިވަމުންނެވެ. ...