ފަލަސްތީން ރައްޔިތުންނަށް ނަސްރުދެއްވުމަށް އެދި ގުނޫތު ކިޔަން ނިންމަވައިފި

ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރުދެއްވުން އެދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އިސްރާއީލްގެ ޞަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާ ކުރިމަތި ކުރުވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވައި އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް ނިންމަވާފައިވާކަމަށެވެ.

އެމިނިސްޓރީން ވިދާޅުވީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގައި އިޢުތިދާލުގައި ހުރެ ޤުނޫތު ކިޔުމަށް ހުރިހާ މިސްކިތެއްގެ އިމާމުންނަށް އަންގަވާފައިވާކަމަށެވެ.

ޤުނޫތު ކިޔަން ފަށާނީ މިއަދުގެ މަޤްރިބް ނަމާދުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުށް ސާބިތުވެ ހަސަން ސަޢީދު 4 މަހާ 24 ދުވަހަށް ޖަލަށް

ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ މައްޗަށް 4 މަހާ ...

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއަރުވަން އިސްކަންދޭނަން: އިލްޔާސް

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއަރުވަން އިސްކަންދެއްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. އިލްޔާސް ...

ސިޔާސީ ކަންކަން އޮންނަންވާނީ ރައްޔިތުންގެ މެދުގައި އަދުލުވެރިކަން ބޭއްވުމަށްފަހު- ހޯމް މިނިސްޓަރ

ސިޔާސީ ކަންކަން އޮންނަންވާނީ ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަން ބޭއްވުމަށްފަހުކަމަށާއި، އެމަނިކުފާނު ހުންނެވި މަޤާމުގެ ސަބަބުން އެއްވެސް ކައުންސިލަކަށް ސިޔާސީ ...